ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި، ކާރެއް ކޮންޓްރޯލުން ނެއްޓި ހޮޅި ދަނޑިއެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ކާރު ދުއްވާފައި ދިޔައީ ހުޅުމާލޭ ފުރަތަމަ ފޭސްގެ ދިއްްގާ މަގުގައި ކަމަށާއި މިއަދު މެންދުރު 13:21 ކަން ހާއިރު، އެކާރު ކާރެއް ކޮންޓްރޯލުން ނެއްޓި ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މިއެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވީ ކަމުގައި ވިޔަސް އެއްވެސް މީހަކަށް އަނިޔާވެފައެެއް ނުވެއެވެ.

ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައް ބަލަމުންނެވެ.