މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި އެކުންފުނީގެ ކޮންމެ މުވައްޒަފަކަށް 25،000 ދިވެހި ރުފިޔާ ދޭން ނިންމައިފިއެވެ.

އެމްއޭސީއެލްއިން ނެރުނު ސާކިއުލާގަވަނީ ބުނީ 25،000 ރުފިޔާގެ ބޯނަސް ދިނުމަށް ހަމަޖެހިފައި ވަނީ މިދިޔަ އަހަރު އެކުންފުނީގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށް ކަމަށެވެ.

އަދި މިދިޔަ އަހަރުގެ 6 މަސް ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންނާއި މިދިޔަ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންނަށް ބޯނަސް ދޭން ނިންމައިފައި ވަނީ ވަޒީފާގައި އުޅުނު މުއްދަތުގެ ނިސްބަތުން ޖެހޭ އަދަދަށްވެސް އެ ކުންފުނިން ބުނެފައިވާ ވެއެވެ.

މީގެ އިތުރުން އަހްލާގީ މައްސަލައެއްގައި ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއްނަމަ ބޯނަސް ނުލިބޭނެ ކަމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ހުރިހާ މުވައްޒަފުންނަށް ބޯނަސް ފައިސާ ޖަމާކުރެވޭނެ ކަމަށް އެ ސާކިއުލާގައިވެއެވެ.

އެންމެ ފަހުން އެމްއޭސީއެލް މުވައްޒަފުންނަށް ބޯނަސް ދީފައި ވަނީ ހުސްވި އަހަރެވެ. އެ އަހަރު ވެސް ކޮންމެ މުވައްޒަފަކަށް 25،000 ރުފިޔާ އެކުންފުނިން ދިފައިވެއެވެ.