ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ ޕީޕީއެމް މެމްބަރު އަހުމަދު ޒަލީފް އަބްދުﷲ މިއަދު އެމްޑީޕީއަށް ސޮއިކޮށްފި އެވެ.

އެމްޑީޕީން ވަނީ ޒަލީފް އެ ޕާޓީއަށް ސޮއިކޮށްފައިވާކަމަށް ރަސްމީކޮށް އިއުލާނުކޮށްފައެވެ.

ޒަލީފް އެމްޑީޕީއަށް ސޮއިކުރުމަށްފަހު މެމްބަރޝިޕް ފޯމު މިއަދު ވަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަވާލުކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްވެސް ވަނީ ބައިވެރިވަޑައިގަންނަވާފައެވެ.

މީގެއިތުރުން ޒަލީފު މިއަދު އެމްޑީޕީއާ ގުޅިވަޑައިގެން، ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ހޮވުމުގެ ކެމްޕޭންގައި ބައިވެރިވެފައިވާކަމަށްވެސް އެމްޑީޕީއިން ބުނެފައިވެއެެވެ.

ޒަލީފް އަކީ ޕީޕީއެމް ޓިކެޓުގައި ތިނަދޫ ކައުންސިލް މެމްބަރުކަމަށް އިންތިހާބުވި ބޭފުޅެކެވެ. ޒަލީފް އެމްޑީޕީއަށް ސޮއިކުރުމާއެކު ތިނަދޫ ކައުންސިލްގެ އެމްޑީޕީ މެމްބަރުންގެ އަދަދު ވަނީ 5 އަށް އަރާފައެވެ.