ޒަމާނަށް ބޮޑެތި ބަދަލުތައް އަވަސް މިނެއްގައި ހަލުވިކަމާއެކު އަންނަމުން ދިޔަ ކަމުގައި ވިޔަސް ޒަމާންތަކެއްކުރިން ދިވެހިރާއްޖޭގެ އިގްތިސާދީ މައިބާރު، ދިވެހިންގެ ލޭނާރު ކަމުގައި ބުނެވެމުން އަންނަ، ދިވެހިންގެ މަސްވެރިކަމަކީ ފަހަރެއްގައިވެސް ދޫކޮށްލެވޭ ވަރަށްވުރެ އަދިވެސް ދިވެހިންގެ އިގްތިސާދީ އެންމެ ވަރުގަދަ އެއްބާރުކަން ޔަގީނެވެ. ދުނިޔެއަށް އަންނަ ކުރިއެރުންތައް މިކުޑަކުޑަ ދިވެހިރާއްޖެއަށް އައުމަށް ވަގުތުތަކެއް ނުނަގައެވެ. ޒަމާނާއި ވަގުތާއެކު އަވަސްދުވެއްޔެއްގައި ކުރިއަރަމުންދާ ދިވެހިރާއްޖޭގެ ތަރައްގީއަށް އަންނަ ބަދަލުތައް މަސްވެރިންނަށްވެސް ބަރާބަރަށް އަސަރުފޯރުވައެވެ.

އެހެނީ އަދު ދިވެހިމިގައުމުގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން މަސްވެެރިކަން ކުރާ ޒުުވާނުން އަންނަނީ ގިނަވަމުންނެވެ. އަމުދުން އަތޮޅުތެރޭގެ ކުދިކުދި ރަށްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ތެރޭގައި، ދިރިއުޅުމަށް ކުރާ ހަމައެކަނި މަސައްކަތަކީ މަސްވެރިކަން ކަމުގައިވެފައިވާ ފަރުދުންނަށް މި ތަރައްގީއާއި ތަމައްދުންގެ ކުލަތަކާއި ބަދަލުތައް، މަސްވެރިކަމުގެ ތެރެއަށް ފޯރުކޮށްދިނުމަށް "ފެނަކަ" އަތްދިއްކޮށްލި ފަހުން ދިވެހި މަސްވެރިންނަށް އެބައިމީހުންގެ މަސައްކަތް ކުރުމަށް ލިބެމުން އަންނަ ކުރިއެރުންބޮޑެވެ.

މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއްކަމަކީ އަތޮޅުތަކުގެ ރަށްތަކުގައި ގާއިމު ކުރަމުން އަންނަ އައިސްޕްލާންޓްތަކާއި ކޯލްްޑްސްޓޯރޭޖްތަކެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އިން ފެނަކައަށް އިތުބާރުކޮށް އެކި ރަށްރަށުގައި އައިސްޕްލާންޓްތައް ގާއިމުކުރުމަށް ފެނަކަ އަތް މައްޗަށް ދޫކޮށްލުމުގެ އެންމެ ބޮޑުނަތީޖާ ރަށްރަށުގެ މަސްވެރިންނަށް ފަސޭހަތަކެއް ލިބިގެންދިއުމެވެ.

10 ޑިސެމްބަރު 2021: ކ. ކާފަރުގައި ގާއިމްކުރި އައިސްޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފެނަކައިން އައިސް ޕްލާންޓްތައް ބެލެހެއްޓުމަކީ ހަރަދު ކުޑަކުރެވޭނެ ކަމެއް

ފެނަކައިން އައިސްޕްލާންޓްތައް ބަލަހައްޓަން ހަވާލުކުރެވުމުގެ އެންމެ ބޮޑު ރަނގަޅު ނަތީޖާއަކީ ހަރަދުތައް ކުޑަކުރެވިގެން ދިއުމެވެ. އެގޮތަކީ އައިސް ޕްލާންޓެއްގައި މައްސަލައެއް ދިމާވެއްޖެނަމަ، ފެނަކަގެ އޮފީސްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރުމުން، ފެނަކާގެ އިންޖިނިއަރުންނާއި ޓެކްނިކަލް ސްޓާފުންނަށް އެ މައްސަލަތަކަށް ވީހާވެސް އަވަހަށް އެޓެންޑް ކުރެވޭނެތީއެވެ.

ފެނަކާގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މީގެ ދުވަސްތަކެއް ކުރިން ވިދާޅުވެފައިވަނީ އައިސް ޕްލާންޓްތަކުގެ ކެޕޭސިޓީއާއެކު މަސްވެރިންނަށް އެއްވެސް މެދުކެނޑުމެއް ނެތި އައިސް ލިބޭނެ ކަމަށެވެ. އަދި އެ ހިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

މެދުކެނޑުމެއްނެތި އައިސްޕްލާންޓްތަކުން އައިސްލިބޭނެ ގޮތް ހަމަޖެއްސުމަށް ފެނަކައިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި

24 ގަޑިއިރު ހިންގުމުގެ ނިޒާމެއް ގާއިމްކުރުން، މިކަން އަދު މިވަނީ ފަހިވެފައެވެ. ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ ކޭބަލް ނެޓްވޯކް ގާއިމް ކުރުމަށް ނިންމައި އެކަން ކުރެވިގެންދިޔަތަން ވަނީ ފެނިފައެވެ. އައިސް ޕްލާންޓްތައް ހުންނަ ތަންތަނުގައި މަސްވެރިންނަށް ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ގާއިމް ކުރުމުގެ ޕްލޭންތައް ހެދި އެއަށް އަމަލީ ސިފަ ވަނީ އަދު ގެނެވިފައެވެ. މަސްވެރިން އަދު ދަނީ އެތަނުގައި މަސް ރައްކާކޮށް ވިއްކަމުންނެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ތަބާވުމަށް ކްރެޑިޓް ސްކީމެއް ވެސް ގާއިމް ކޮށް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައިސް އުފެއްދުމުގެ ނިޒާމެއް ގާއިމްކުރެވުނެވެ.

މި ފެސިލިޓީތައް ތަރައްގީ ކުރުމުގެ ފުރުސަތު ބޭނުން ކަމަށާއި ހުއްޓިފައިވާ ޕްލާންޓްތަކުގެ އޮޕަރޭޝަން ފުރަތަމަ ކުރިއަށް ގެންދާނެކަމަށް މީގެ އަހަރެއްކުރިން ހެދުނު ޕްލޭނަށް އަދު މިވަނީ އަމަލީ ސިފަ ގެނެވިފައިވާކަމީ އުފާވެރި ކަމެކެވެ.

މަސްވެރިންނަށް އައިސް ފަސޭހައިން ލިބޭނެ ގޮތަށް ފެނަކައިން ވަނީ ހާއްސަ ސޮފްޓްވެއާ އެޕްލިކޭޝަނެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. މި އެޕްލިކޭޝަން ފޯނަށް އިންސްޓޯލް ކުރެވޭއިރު، އައިސް އަށް ޕްރީ އޯޑަރު ކުރެވޭނެއެވެ.

އެ އެޕްލިކޭޝަންގެ ސަބަބުން މަސްވެރިންނަށް މާބޮޑު އުނދަގުލަކާ ނުލައި އައިސް ލިބޭނެ ކަމަށާއި އަދި އެޕްލިކޭޝަނަށް ބަދަލު ގެނެވޭނީ މަސްވެރިންނާ އެކު މަޝްވަރާ ކުރުމަށް ފަހު ކަމަށްވެސް ސައީދު ވިދާޅުވެފައިވެއެވެ.

ދައުލަތުގެ މަސްވެރިކަމުގެ ކުންފުނި މިފްކޯއިން 2022 ވަނައަހަރު ސެޕްޓެމްބަރުމަހުގައި އައިސް ޕްލާންޓްގެ މެނޭޖްމަންޓް ފެނަކަ ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.

އަހަރެއްހައި ދުވަސްކުރިން އައިސް ޕްލާންޓްތައް ގާއިމު ކުރެވުނު ރަށްތައް:

  • ހއ. އިހަވަންދޫ
  • ނ. ޅޮހީ
  • ރ. އަލިފުށީގަ
  • ބ. ތުލްހާދޫ
  • ފ. ނިލަންދޫ
  • ތ. ހިރިލަންދޫ
  • ގއ. ދަންދޫ
  • ގއ. ދެއްވަދޫ
  • ގއ. ގެމަނަފުށީ
  • ގއ. ކޮލަމާފުށީ
  • ގދ. ފިޔޯރީ
  • ގދ. ފަރެސް-މާތޮޑާ
  • އައްޑޫސިޓީ

މީގެކުރިން ޑިސެންބަރު 2021 ގައި، މަސްވެރިންގެ ދުވަހާ ގުޅިގެން ވަނީ ހަތަރު ރަށެއްގައި އައިސްޕްލާންޓް ފެނަކައި ވަނީ ހުޅުވާފައެވެ. ފެނަކައިން ގާއިމުކުރި އައިސްޕްލާންޓްތައް ހުޅުވާފައިވާ ރަށްރަށަކީ

  • ކ.ގާފަރު،
  • ރ.މަޑުއްވަރީ
  • ހއ.ހޯރަފުށީ
  • ޅ.ފެލިވަރު

ގާފަރު، މަޑުއްވަރީ އަދި ހޯރަފުށީ ގައި ހުޅުވާފައިވާ އަައިސްޕްލާންޓް ތަކަކީ 25 ޓަނުގެ އައިސްޕްލާންޓްތަކެކެވެ. އަދި ފެލިވަރުގައި ހުޅުވާފައިވަނީ 50 ޓަނުގެ އައިސްޕްލާންޓްތަކެވެ.

މި ސަރުކާރު އައުމުގެ ކުރިން ދުވާލެއްގެ މައްޗަށް އުފެއްދެނީ 1،600 ޓަނުގެ އައިސްއެވެ. ނަމަވެސް މި ސަރުކާރު އައުމަށްފަހު 100 ޓަނުގެ އައިސްޕްލާންޓް އިތުރުކޮށްފައިވެއެވެ. އަދި މިތަންތަން ހުޅުވުމާއެކު އެއަދަދު 225 އިތުރުވެގެންދިޔއެވެ.

މި ސަރުކާރުން ވީ ވައުދާ އެއްގޮތައް ފިއަލީގައިވެސް އައިސްޕްލާންޓް ގާއިމުކޮށް މިދިޔަ 28 މެއި ގައި ވަނީ އެތަން ހުޅުވާފައެވެ.

ދާދި ފަހުން ވަނީ މާވަށުގައި ވެސް އައިސްޕްލާންޓަކާއި ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަން ފެނަކައާ ހަވާލުކޮށްފައެވެ.

ފެނަކަ އަކީ އަވަސް މުއްދަތެއްގައި މަސައްކަތް ނިންމުމުގައި ނަމޫނާ ދައްކާ ކުންފުންޏެއް ކަމުން މި މަސައްކަތްވެސް ހަވާލުކޮށްފައިވަނީ ހަމަސް ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. ދިމާވާ އެތައްސަތޭކަ ގޮންޖެހުންތަކަކާއެކުވެސް ފެނަކަ ފަހަތަށްނުޖެހި ކުރަމުންދާ މަސައްކަތްތަކަށް ތައްރީފް ހައްގެވެ.