އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ބޮޑުތިލަދުންމައްޗަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފިއެވެ.

މިއީ އެމަނިކުފާނުގެ މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅު ފަށްޓަވާނީ މާދަމާ ހދ.އަތޮޅުންނެވެ.

ހދ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މަކުނުުދުއާއި ނޮޅިވަރަމްފަރާއި ހަނިމާދުއާއި ކުޅުދުށްފުށްޓަށް ވަޑައިގަންނަވާނެއެވެ.

ށ.އަތޮޅުން ވަޑައިގަތުމަށް ހަމަޖެހިފައިިވަނީ ކަނޑިތީމާއި ގޮއިދުއާއިި ކޮމަންޑުުއާއި ފުނަދުއާއި މިލަންދުއާއި ފޯކައިދުއަށެވެ.