މި އަހަރު ސެޕްޓެމްބަރ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރަށް ކެމްޕެއިން ކުރައްވަމުން ދަނިކޮށް ހަމަލާދީފިއެވެ.

އުމަރު ނަސީރަށް ހަމަލަ ދީފައިވަނީ މިއަދު މާލޭގައި، އުމަރުގެ ރިޔާސީކެމްޕެއިންއަށް ބޭއްވި ސައިކަލު ބުރެއްގެ ތެރެއިންނެވެ.

އުމަރުނަސީރުގެ ފޭސްބުކް އޮފިޝަލް ޕޭޖްގައި ކުރި ޕޯސްޓެއްގައި މިވާހަކަ ހިއްސާކޮށްދެއްވަމުން ވިދާޅުވެފައި ވަނީ ސައިކަލު ބުރުގައި ކުރިއަށް ވަޑައިގަންނަވަނިކޮށް، މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ދަގަނޑު އެއްޗެއް އެއްލާ އޭނާގެ މޫނު މަތީގައި ޖެހި ކަމަށެވެ.

https://www.facebook.com/100044365181976/posts/pfbid0yWpV8s1wRzGZNjFqdpknraewedvPRg7ffdnjYJ2ihgzTR6oMhrcdG2ctSiqar5LPl/?mibextid=cr9u03

"މިއަދު މާލޭގައި އަޅުގަޑު ބޭއްވި ރޯޑް ރެލީ ކުރިއަށް ދަނިކޮށް، ޑްރަގް ވިއްކާ މީހެއްކަމަށް ތުހުމަތު ކުރެވޭ މީހަކު ވަނީ ދަގަނޑު އެއްޗެއް އެއްލާ އަޅުގަޑުގެ މޫނުމަތީ ޖެހުމަށް ފަހު ފިލާފައެވެ. އަޅުގަޑުގެ ސިކިއުރިޓީ ގެ ގޮތުގައި ތިއްބެވި ސިފައިން މިހާރުވަނީއޭނާގެ ފޮޓޯ ފުލުހުންނާ ހިއްސާ ކުރައްވާފައެވެ. މިހާދިސާގެ ސަބަބުން އަޅުގަޑަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ." އުމަރުގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރައްވާފައިވާ ޕޯސްޓު

މި ހާދިސާގެ ސަބަބުން އޭނާއަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވިގޮތުގައި، އޭނާގެ ސެކިއުރިޓީގެ ގޮތުގައި ތިބި ސިފައިން ވަނީ އޭނާގެ ފޮޓޯ ފުލުހުންނާއި ހިއްސާ ކުރައްވާފައެވެ.

އުމަރުނަސީރަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ކޮންމެ ފަހަރަކުވެސް މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރި ކުރާ ފަރާތްތަކަށް ވަރަށް ބޮޑެތި އަދަބުތަައް ކަނޑައަޅާނެކަމަށް ގޮވާލާ ކެންޑިޑޭޓެކެވެ. އެގޮތުން މަސްތުވާތަކެތި ވިއްކާ މީހުން އުމަރުގެ ވެރިިކަމެއްގައި މަރުގެ ހުކުމް ތަންފީޒު ކުރާނެކަމަށްވެސް ތަކުރާރުކޮށް ވިދާޅުވެފައިވާ ފަރާތެކެވެ.

އުމަރުނަސީރު މަސްތުވާތަކެތީގެ މައްސަލަތަކަށް އެފަދަ އަދަބުތައް ކަނޑައެޅުމާއި މަސްތުވާތަކެތީގެ މައްސަލަތަކަށް އެހާ އިސްކަން ދެއްވައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް މަރުގެ އަދަބުކަނޑައެޅުންފަދަ ކަންތައް ކުރައްވަނީ އުމަރުގެ މާޒީގައި ޒާތީ މައްސަލައެއް މަސްތުވާތަކެއްޗާ އޮންނާތީކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔައެވެ.