މި ދައުރު ފެށުނީއްސުރެ އިމާމުގެ ކަމުގެ ހުއްދަ ހިފަހައްޓާފައިވާ ކަމަށް އަލީ ރަމީޒު ވިދާޅުވެއްޖެ އެވެ.

އިމާމުވެ ހުކުރުނަމާދު ކުރުމާއި އީދު ނަމާދު ކުރުމުގެ ހުއްދަ އަލީ ރަމީޒަށް ދީފައިވަނީ 2010 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 11ވަނަ ދުވަހުކަމަށްވެއެވެ. އަލީރަމީޒަކީ ގުދުރަތުން ދެއްވާފައިވާ އަސަރެއް އެކުލެވޭ އަޑަކާއެކު ރާގަށް ގުރުއާން ކިޔަވާ ވިދާޅުވާ ފަރާތެކެވެ.. ބައެއް މިސްކިތްތަކުގައި ވަގުތީ ގޮތުން އިމާމުކަން ވެސް ކުރައްވާފައިވާ އަލީރަމީޒްބިން ގާސިމް، ކުޑަކުދީންނަށް މަހުރަޖަށް ރީތިކޮށް ގުރުއާން ކިޔަވަަން ދަސްކޮށްދޭން ކްލާސްތައް ވެސް ހިންގައެވެ.

އަލީ ރަމީޒު ސޯޝަލްމީޑިޔާގައި ހިއްސާކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިސްލާމިކް މިނިސްޓްރީން އަލީރަމީޒްގެ އިމާމު ކަމުގެ ހުއްދަ ހިފަހައްޓާފައިވާތާ ފަސް އަހަރު ދުވަސް ވަނީ ކަމަށެވެ. އެކަމާ ގުޅޭ ތަފްސީލް ދޭން ޖެހޭ ހާލަތެއް ގައި އެކަން ކުރައްވާނެ ކަމަށްވެސް އަލީ ރަމީޒް ވަނީ ވިދާޅުވެފައެވެ. މި ދައުރު ފެށުނީއްސުރެ އިމާމުގެ ކަމުގެ ހުއްދަ ހިފަހައްޓާފައިވާ ކަން ހާމަކޮށް އަލީ ފޭސްބުކްގައި ކުރި ޕޯސްޓާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަލީ ރަމީޒުގެ އިމާމު ކަމުގެ ހުއްދަ ހިފަހައްޓާފައި އޮތީ ގަސްތުގައެވެ. މި ދައުރުގައި އެ ހުއްދަ އާ ކުރުމަށް ޓެސްޓް ވެސް ވަނީ ހަދާފައެވެ. ނަމަވެސް މިނިސްޓްރީން އެ ހުއްދަދީފައެއް ނުވެއެެވެ. އިސްލާމިކް މިނިސްޓްރީން ކޮންޓްރޯލް ކުރާ އަދާލަތަށް އަލީ ރަމީޒުގެ ފާޑުކިޔުން އޮވ އެވެ. އިސްލާމިކް މިނިސްޓްރީން ގެންދަނީ ހުއްދަ ނެތި އިމާމުވެ އަލީ ރަމީޒު ނަމާދު ކުރޭތޯ ވެސް ބަލަމުންނެވެ. ބަލައި ފާރަލާކަމަށްވެއެވެ.

މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ޖަވާބެއް އަދި ލިބިފައެއް ނުވެއެވެ.