ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ އިފްތިތާހުކުރުން މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ރަސްމިއްޔާތު އޮންނާނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިރޭ 20:30ގައެެވެ. އަދި އެމަނިކުފާނުގެ މެނިފެސްޓޯއަށް ދެވިފައިވާ ނަމަކީ “ދިވެހީންގެރާއްޖެ”މިއެވެ.

މިރޭ ޑރ. މުޢިއްޒުގެ މެނިފެސްޓޯ ލޯންޗުކުރުމަށް ހަމަޖެހިފައިވާއިރު އެމަނުކުފާނު ގެންދަވަނީ ކެމްޕެއިން ހަރަކާތްތަކުގައި ރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ.

އަދި މި ކެމްޕެއިންގެ ހަރަކާތްތަކުގައި އެމަނިކުފާނުވަނީ ވެރިކަމެއްގައި ކޮށްދިނުމަށް ހަމަޖެހިފައިވާ ބައެއް ކަންކަމާއި ވެރިކަން ކުރައްވާނެ ގޮތާއިމެދުވެސް ވާހަކަފުޅުދައްކަވާފައެވެ.

ރިޔާސީ އިންތިހާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު 30 ގައެވެ.