މިއަދުން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި ދިވެހިންނަށް ކިރިގިސްތާނަށް ދެވޭ ގޮތް އެ ގައުމުން ހަދައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ޑިޕްލޮމެޓިކް، އޮފިޝަލް އަދި އާއްމު ޕާސްޕޯޓް ގެންގުޅޭ މީހުންނަށް މިއަދުން ފެށިގެން ވިސާއާ ނުލައި މިހާރު އެ ގައުމަށް ދަތުރު ކުރެވޭނެ ކަމަށެވެ.

ވިސާއާ ނުލައި ދެވޭނީ މަދުވެގެން 30 ދުވަހުގެ މުއްދަތަށް އެ ގައުމަށް ދަތުރުކުރާނަމަ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

އަދި ކިރިގިސްތާނަށް ދަތުރުކުރާ ދިވެހިންގެ ތެރެއިން ކިޔެވުމަށާއި ވަޒީފާއަށް ނުވަތަ ވިޔަފާރިކުރުންފަދަ ދިގު މުއްދަތެއް ނަގާ ކަމެއްގައިދާނަަ ވިސާ ނަގަންޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ވިސާއަށް ލުއިދިނުމަށް ރާއްޖެއިން ކިރިގިސްތާނާއެކު އެއްބަސްވުމެއްގައި ސޮއިކުރީ 2022 ސެޕްޓެމްބަރުގައެވެ.

ވިސާއާ ނުލައި ރާއްޖެއިން ދަތުރު ކުރެވޭ ބައެއް ގައުމުތަކުގެ ތެރޭގައި ޗައިނާ، މޮރޮކޯ، ޗައިނާ، ޔޫއޭއީ އަދި ތައިލޭންޑް ހިމެނެއެވެ. އޭގެ އިތުރުން ގިނަ ގައުމުތަކުން އޮން އަރައިވަލް ވިސާ ލިބެއެވެ.