ޕާކިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރް ޝާހް މަހްމޫދު ގުރައިޝީ އިއްޔެގައި ހައްޔަރުކޮށްފިކަމަށް ޕާކިސްތާނުގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓިއިން ބުނެފިއެވެ.
ޝާހް ހައްޔަރުކޮށްފައިވަނީ ސިޔާސީ މަންފާއެއް ހޯދުމަށް ޑިޕްލޮމެޓިކް ކޭބަލެއް ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމަށް އޮފިޝަލުން ތުހުމަތު ކުރުމުންނެވެ.
ނަމަވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ގުރައިޝީ ހައްޔަރުކުރުން ކުށްވެރިކުރައްވައި ބުހާރީ ވިދާޅުވީ ގުރައިޝީ ހައްޔަރުކުރީ "ޕްރެސް ކޮންފަރެންސެއް ބާއްވައި ޕާކިސްތާނުގައި މިހާރު ހިނގަމުންދާ ހުރިހާ އަނިޔާވެރިކަމާއި އިންތިހާބުގެ ކުރިން އޮޅުވާލުމާ ދެކޮޅަށް ޕީޓީއައިގެ ސްޓޭންޑް އަލުން ކަށަވަރުކޮށްދީފައިވާތީ" ކަމަށެވެ.
ހޮނިހިރު ދުވަހު ގުރައިޝީ ހައްޔަރުކޮށްފައި މިވަނީ އޭނާގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީން އެ ގައުމުގެ އިންތިހާބު ލަސްވެއްޖެ ނަމަ އެކަން ކޯޓުތަކުގައި ޗެލެންޖް ކުރާނެ ކަން އިއުލާންކޮށް، ކުރިއަށް އޮތް އާންމު އިންތިހާބުގައި އެ ޕާޓީއަށް "ހަމަހަމަ ފުރުސަތެއް" ދިނުމަށް ގޮވާލާ ނިއުސް ކޮންފަރެންސެއް ބޭއްވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.
އިމްރާން މި މަހުގެ ކުރީކޮޅު ހައްޔަރުކުރި ފަހުން އޭނާ ގެންދަވަނީ ޕީޓީއައިގައި އިސްކޮށް ހަރަކާތްތެރިވަމުންނެވެ. ޕާކިސްތާނުގެ ބާރުގަދަ އަސްކަރިއްޔާގެ އެދުމުގެ މަތިން މެއި މަހުން ފެށިގެން އެ ޖަމާއަތުގެ އިސް ވެރިން ހިމެނޭ ގޮތަށް އެ ޖަމާއަތުގެ އެތައް ހާސް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.