އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރުފުޅެއްގައި މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެއެވެ.

މިއަދު ހަވީރު އެންމެ ފުރަތަމަ ޑރ މުއިއްޒު ވަޑައިގަންނަވާނީ ފޭދޫ އަށް ކަމަށް ޑރ މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލު ވަނީ ވިދާޅުވެފައެެވެ.

އައްޑޫސިޓީއަށް ހަވީރު ވަޑައިގެންނެވުމަށްފަހު މިރޭ ހިތަދޫގައި ކެންޑިޑޭޓު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް އޮންނާނެއެވެ.

މާދަމާ ޑރ މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ މަރަދޫ ފޭދޫއަށެވެ.

އެއަށްފަހު މަރަދޫ އަށް ވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން ވެސް މިދަތުރުފުޅުގައި ހިތަދޫ، ހުޅުމީދޫއަށް ޑރ މުއިއްޒު ވަޑައިގަންނަވާނެއެވެ.

ޑރ މުއިއްޒު މީގެކުރިން ވަނީ ހއ، ހދ، ވ، މ، ފ، ދ އަތޮޅުގެ އަދި ކ އަތޮޅުގެ ބައެއް ރަށްތަކަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވަޑައިގެންފައެވެ.