ސޯމާލިއާގައި ޓިކްޓޮކާއި ޓެލެގްރާމް މަނާކުރުމަށް ސޯމާލިއާ ސަރުކާރުން ނިންމައިފިއެވެ.

ސޯމާލިއާ ސަރުކާރުން ނެރުނު އިއުލާނެއްގައިވަނީ ޓިކްޓޮކް އާއި ޓެލެގްރާމް އަދި އޮންލައިން ބެޓިން އެޕް މަނާކޮށްފައި ވަނީ އެ އެޕްތަކުން ޓެރަރިސްޓުންގެ ޕްރޮޕެގެންޑާ ފަތުރާތީއެވެ.

މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ބުނީ މިއީ މައި ސެންޓްރަލް ސަރުކާރާ ދެކޮޅަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ލޭ އޮހޮރުވާލާ ފިތުނަވެރިކަމެއް ހިންގަމުންދާ އިސްލާމިސްޓް ހަނގުރާމަވެރި ޖަމާއަތް އަލްޝަބާބާ ދެކޮޅަށް އަސްކަރީގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަމެއްކަމަށެވެ.

ސޯމާލިއާގެ ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އޮގަސްޓް 24 ގެ ކުރިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންނުކުރެވޭން ގޮތް ހެދުމަށް އިންޓަނެޓްގެ ހިދުމަތްދޭ ފަރާތްތަކަށް ވާނީ އަންގާފައިކަމަށެވެ. އަދި މިކަން ތަންފީޒު ނުކުރެވިއްޖެނަމަ ގާނޫނާ ހިލާފުކަމަށް ބަލައި ފިޔަވަޅު އަޅާނެ ކަމަށްވެސް އެބަޔާނުގައި ވެއެވެ.