ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފެނިފައިވާ ޑޮލަރުތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ މި ޑޮލަރުތައް ފެނިފައިވަނީ މިދިޔަ ޖުލައި 20 ވަނަ ދުވަހުގެ 18:28 ހާއިރު އެއާޕޯޓްގެ އިންޓަރނޭޝަނަލް ޓަރމިނަލް ކަފިހި ހުރަސް ސަރަހައްދުން ކަމަށެވެ.

އަދި މި ފައިސާތަކުގެ ވެރިފަރާތް ހޯދުމަށްޓަކައި ފުލުހުން މިހާތަނަށް ކުރި މަސައްކަތުން މިފައިސާގެ ވެރިފަރާތް ހޯދިފައިނުވި ނަމަވެސް އެއީ ކިތައް ޑޮލަރުކަމެއް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ފައިސާތަކުގެ ވެރިފަރާތުން އެއާޕޯޓް ޕޮލިސްގެ ނަންބަރު 9400056 އަށް ގުޅުއްވައި ކާކުކަން އެނގޭނެ ލިޔުމަކާއެކު އެއާޕޯޓް ޕޮލިސް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުމަށް އެދިފައެވެ.