ޕޭޖަރު ގޮއްވާލި ސައިބާ ޓެރަރިސްޓް ހަމަލާގެ މައްސަލާގައި ނޯވޭ ފުލުހުން ހޯދަން އިއުލާން ކޮށްފައި ވަނީ ކެރެލާގެ ރިންސަން ހޯސޭ ކަމަށް ކެރެލާގެ މާތުރަބޫމީ ނޫހުން ބުނެއެވެ. އުމުރުން 39 އަހަރުގެ ހޯސޭއަކީ، މަނަންތަވާޑީ ކިޔާ އަވަށަކަށް އުފަން މަލިޔާޅީއެކެވެ.

އޭނާ ބަލްގޭރިއާގައި ހަދާފައިވާ ނޯޓާ ގްލޯބަލްއަކީ، ގޮވާތަކެތި އަޅާފައިވާ ޕޭޖަރުތައް ޔަހޫދީންނަށް ސަޕްލައިކޮށްދިން ކުންފުންޏެވެ. ބަލްގޭރިއާގެ ފުލުހުން ބުނެފައި ވަނީ އެކުންފުނިން ގޯހެއް ހަދާފައިވާ ކަމަކަށް ނުބެލެވޭ ކަމަށެވެ.

ހޯސޭގެ ނޯޓާ ގްލޯބަލްއިން މިދިޔަ އަހަރު ޔޫރަޕިއަން ޔޫނިއަންގެ ބޭރުގެ ފަރާތްތަކަށް ކޮންސަލްޓެންސީ ދީގެން 7 ލައްކަ ޑޮލަރުގެ ފައިދާއެއް ހޯދިކަމަށް ފައިލްކޮށްފައިވާ ޓެކްސް ލިޔުންތަކުން ދައްކައެވެ.

ޕޭޖަރު ގޮއްވާލުމަށްފަހު، އެމެރިކާގެ ބޮސްޓަންއަށް ދަތުރުކުރުމަށްފަހު ހޯސޭ ވަނީ ފިލާފައެވެ.

އދން ބުނެފައި ވަނީ މުވާސަލާތި ވާސީލަތެއް ބޭނުންކޮށްގެން ސައިބާ ޓެރަރިސްޓް ހަމަލަ ދިނުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ.