އިޒްރޭލުން ބުނީ ބެއިރޫތަށް ދިން ހަމަލައަކީ ހަސަން ނަޞްރަﷲ އަވަހާރަކޮށްލަން ދިން ހަމަލައެއް ކަމަށެވެ.

އިޒްރޭލުގެ ވައިގެ ޙަމަލާތަކަށް ފަހު ޙަސަން ނަޞްރަﷲ ހުންނެވީ ގަދަވެ ސަލާމަތުން ހެޔޮ ޙާލުގައެވެ. އިޒްރޭލާ ގުޅުން އޮންނަ ޔޫއޭއީގެ އަލްޢަރަބިއްޔާ ނޫހުން ބުނެފައި ވަނީ އިޒްރޭލުން އެއްފަހަރާ ދިހަ މިސައިލް ހަމަލާ ދީ ދެކުނު ބެއިރޫތުގެ ޙިޒްބުﷲ މީހުން ގިނައިން އުޅޭ އަވަށް އެއްކޮށް ފުނޑުފުނޑު ކޮށްލާފައިވާ ކަމަށެވެ. ޔަހޫދީން ބެއިރޫތަށް ޙަމަލަ ދިނީ، އިޒްރޭލުގެ ބޮޑު ވަޒީރު އދގައި ތަޤްރީރުކޮށް ނިމުނު ތަނާއެވެ.

އީރާންގެ ތަސްނީމް ނޫސް އެޖެންސީން ވަނީ ޙަސަން ނަޞްރަﷲ ހެޔޮ ޙާލުގައި ހުންނެވިކަން ކަށަވަރުކޮށްދީފައެވެ. ތަސްނީމަކީ، އީރާންގެ ރެވަލޫޝަންރީ ގާޑުންނާ ގުޅުން އޮންނަ ނޫސް އެޖެންސީއެކެވެ.