ހަސަން ނަސްރަﷲ އަވަހާރަވި ކަމަށް ޙިޒުބުﷲ އިން ޔަގީން ކޮށެއް ނުދެއެވެ. ޒަޔަނިސްޓުންގެ ޗެނަލް 12 އިން ބުނެފައި ވަނީ ޙަސަން ނަސްރަﷲ އަވާރަކޮށްލުމުގައި އިޒްރޭލުން ކާމިޔާބު ވެފައިވާ ކަމަށެވެ.

އިޒްރޭލުން ވަނީ ބިންގަރާސްތައް ގޮއްވާލާ ޒާތުގެ ބޮން ބެއިރޫތުގެ ދެކުނު ދަހިއްޔާ އަވަށަށް އަޅާފައެވެ. އދގައި ވާހަކަ ދެއްކުމަށްފަހު ނަތަންޔާހޫވެސް ވަނީ އޭނާގެ ދަތުރު ކުރުކޮށް، ގައުމަށް އެނބުރި އައުމަށް މިސްރާބު ޖަހާފައެވެ.

އދގައި ނަތަންޔާހޫ ވާހަކަ ދެއްކިއިރު މުސްލިމު ޤައުމުތަކާއި ފަލަސްޠީނަށް ސަޕޯޓުކުރާ ޤައުމުތަކުން ހޯލުން ބޭރުވިއިރު، ހޯލުގައި ތިބި މަދު ޤައުމުތަކުގެ ތެރޭގައި ޔޫއޭއީގެ ވަފްދު ހިމެނޭކަން ދުނިޔޭގެ މީޑިއާއިން ދަނީ ފާހަގަ ކުރަމުންނެވެ.