ކޮންމެ އަހަރަކުވެސް، ދުނިޔޭގައި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހަކީ މުޖުތަމައުގައި ޚަބަރާއި މީޑިއާގެ ދައުރުގެ މުހިންމުކަމާ މެދު އާންމުން ހޭލުންތެރި ކުރުމަށް ފާހަގަ ކުރާ ޚާއްސަ ދުވަހެކެވެ. "ދުނިޔޭގެ ޚަބަރު ދުވަސް" މިއަދު ފާހަގަ ކުރާއިރު، ޒަޔަނިސްޓުން ވަނީ ދުވަހަކުވެސް ރިޕޯޓިންގ ޑިއުޓީގައި ތިބި ނޫސްވެރިން މަރާފައި ނުވާ މިންވަރަށް ނޫސްވެރިން މަރާފައެވެ.
ދުނިޔޭގެ ޚަބަރު ދުވަސް ފާހަގަ ކުރަން ފަށާފައި ވަނީ 2018 ވަނަ އަހަރުން ފެށިގެން ނެވެ. ދުނިޔޭގެ އެތައް ސަތޭކަ މީޑިއާއަކުން ސަޕޯޓްކުރާ ބައިނަލްއަޤްވާމީ ކެމްޕޭން "ޖާނަލިޒަމް މެޓަރސް" އިން މި ދުވަސް އަހަރަކު އެއްފަހަރު ފާހަގަ ކުރެއެވެ.
100 އަށް ވުރެ ގިނަ ގައުމުގެ އެތައް ސަތޭކަ މީޑިއާ އެޑްވޮކޭޝަން ގްރޫޕްތަކާއި ފަރުދުންނާ އެކު ޚަބަރާ މެދު އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ޤައުމުތަކުގައި މަސައްކަތް ކުރަމުން ގެންދެއެވެ.