އިދިކޮޅު ކޯލިޝަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އެސިޓީން މުއިއްޒަށް ކިޔާފައި ވަނީ ނުހަނު ވަރުގަދަ ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
މުއިއްޒު ވަޑައިގެންނެވުމުން ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުހަބާ ދަންނަވާފައެވެ. މުއިއްޒާއިއެކު ޕްރޮގްރެސިވް ކޯލިޝަންގެ އިސްބޭފުޅުން ބައިވެރިވެފައިވެއެވެ.
އަދި މުއިއްޒުގެ އަނބިކަނބަލުން ސާޖިދާވެސް މިވަގުތު ހުންނެވީ އައްޑޫ ސިޓީގައެވެ. އަނބިކަނބަލުން ސާޖިދާއަށްވެސް އެސިޓީން ކިޔާފައިވަނީ ހޫނު މަރުހަބާއެކެވެ.
މުއިއްޒު އައްޑޫސިޓީއަށް ވަޑައިގެންނެވުމުނ ސަލާން ކުރަން ތިއްބެވި ބޭފުޅުންނާ ސަލާން ކުރެއްވުމުގައި ފަންސާހަކަށް މިނެޓް ހޭދަވެގެން ދިޔައިރު ގަން އެއާޕޯޓް ސަރަހައްދު އޮތީ މުއިއްޒަށް ތާއީދު ކުރާ މީހުން އެއްވެ ފުރާލާފައެވެ.
މިދަތުރުފުޅުގައި، ޑރ.ޖަމީލާއި، ކުރީގެ ބަންޑާރަ ނައިބް ޑރ.މުނައްވަރުވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
މިދަތުފުޅުގައި މުއިއްޒުއާއި، އެމަނިކުފާނުގެ ކެމްޕޭން ޓީމު އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ފޭދޫއަށެވެ. މިއަދު ހަވީރު ފޭދޫއަށް ވަޑައިގެންނެވުމަށްފަހު މިރޭ ހިތަދޫގައި ބޮޑު ޖަލްސާއެއް ބާއްވާނެއެވެ.
ޑރ.މުއިއްޒުގެ އައްޑޫ ސިޓީ ދަތުރުފުޅު މިއަދަށް ހަމަޖެހިފައިވާ ގޮތް:
- މިއަދު:– 16:00 ގައި އައްޑޫ ސިޓީއަށް ވަޑައިގެންނެވުން
- 17:15 އައްޑޫ ސިޓީ ފޭދޫއަށް ވަޑައިގެންނެވުން
- 20:30 އައްޑޫ ސިޓީ ހިތަދޫ ޖަލްސާ
މާދަމާ މުއިއްޒުގެ އައްޑޫސިޓީގެ ދަތުރުފުޅުތައް ހަމަޖެހިފައިވާ ގޮތް:
08:45 އައްޑޫ ސިޓީ ފޭދޫއަށް ވަޑައިގެންނެވުން
09:30 އައްޑޫ ސިޓީ މަރަދޫ ފޭދޫއަށް ވަޑައިގެންނެވުން
10:55 އައްޑޫ ސިޓީ، މަރަދޫއަށް ވަޑައިގެންނެވުން– 13:00 އައްޑޫ ސިޓީ، ހިތަދޫއަށް ވަޑައިގެންނެވުން
16:15 އައްޑޫ ސިޓީ، ހުޅުދޫއަށް ވަޑައިގެންނެވުން
20:15 އައްޑޫ ސިޓީ މީދޫއަށް ވަޑައިގެންނެވުން
21:30 އައްޑޫ ސިޓީން ފުރާ ވަޑައިގެންނެވުން
މުއިއްޒު ވަނީ އައްޑޫ ސިޓީއަށް އެންމެ ރަނގަޅު މެނިފެސްޓޯއަކާއި ސިޔާސަތެއް ހުށަހަޅައި ތަންފީޒު ކޮށްދެވޭނީ ޕީއެންސީގެ ވެރިކަމެއްގައި ކަމަށް ވިދާޅުވެފައެވެ.