އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހީމް މުހައްމަދު ސާލިހް ބ. ތުޅާދޫގެ ފެނަކަ އައު އޮފީސް އިމާރާތް ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް ސާލިހު ތުޅާދޫ ފެނަކަ އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ބ. އަތޮޅުގެ ރަށްރަށަށް ފެށްޓެވި ދަތުރުފުޅުގައެވެ.

ތުޅާދޫ ކުރީގެ އިންޖީނުގެއަކީ އޮފީސް އިމާރާތެއް ނެތި 23 އަހަރުވެފައިވާ ތަނެކެވެ. އަދި އެތަނުގައި ކުރިން މަސައްކަތް ކުރެވެނީ ތިން މުވައްޒަފުންނަށެވެ. އައު އޮފީސް އިމާރާތަކީ ރިސެޕްޝަން، ލޮބީ، މެނޭޖަރ ރޫމް، މީޓިން ރޫމް، ގެސްޓްރޫމް އަދި ޕޭންޓްރީ ހިމެނޭ ޖާގަ ބޮޑު، 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭހެން ހަދާފައިވާ ތަނެކެވެ.

މީގެއިތުރުން ރައީސް މިއަދު ވަނީ ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި، އެރަށުގެ 100 ހައުސިންގ ޔުނިޓްގެ މަސައްކަތުގެ ނިމުންވެސް ފާހަގަކޮށްދެއްވައިފައެވެ.