ޕީޕީއެމް/ޕީއެންސީގެ ރިޔާސީކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ "ދިވެހީންގެރާއްޖެ" އިއުލާން ކޮށްފައިވަނީ 20 އޮގަސްޓް 2023 ގެ ރޭގަނޑު ހުޅުމާލެ ފޭސް އެކެއް ދޭއް ނަންބަރު ބަސްހުއްޓި ކުރިމަތީ ގައި އޮންނަ ހުސްބިމުގައެވެ. އެ ރަސްމިއްޔާތުގެ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މި މެނިފެސްޓޯގެ ޝިއާރަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން ދެއްވި ޝިއާރެއް ކަމަށެވެ. "ދިވެހީންގެރާއްޖެ" އަނބުރާ ހޯދައި ދިނުމަށް އެ މެނިފެސްޓޯ އެކުލަވާފައި ވަނީ 19 ޗެޕްޓަރުގެ މައްޗަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިމެނިފެސްޓޯގެ ސިޔާސަތު، ޗެޕްޓަރ 4އެއް؛ "ގެދޮރުވެރިކަމާއި އަރބަނައިޒޭޝަން" ވަނީ އެރޭ އިފްތިތާހުކޮށްދެއްވާފައެވެ.

"ގެދޮރުވެރިކަމާއި އަރބަނައިޒޭޝަން" ބަހާލެވިފައި ވަނީ ޖުމްލަ ސާޅީސް ސަބް ބަޔަކަށެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ، ކުރީގެ ރައީސް ޔާމީން ދެއްވި ޝިއާރު "ދިވެހީންގެރާއްޖެ" ގައި މިހާތަނަށް އިފްތިތާހުކޮށްދެއްވާފައިވަނީ "ގެދޮރުވެރިކަމާއި އަރބަނައިޒޭޝަން" މި ސިޔާސަތުގެ ސާޅީސް ސަބް ބަޔެވެ.

ޑރ މުއިއްޒާއި ރަނިންގމޭޓް ހުސެން މުހައްމަދު ލަތީފް(ސެމްބެ) ވަނީ މިމެނިފެސްޓޯގައި ހިމެނޭ ކޮންމެ ސިޔާސަތަކީ އަދި ކޮންމެ ސަބްބަޔަކީ ހަގީގަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.