ހއ.މުރައިދޫއާއި ގއ.ގެމަނަފުށީގައި ދެ މިސްކިތެއް އިމާރަތް ކުރުމަށް އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އެކުންފުންޏާ މި މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އަދި އީވޯސަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޙުސައިން ވަޙީދެވެ.

އެ މިނިސްޓްރީން ހާމަކުރި ގޮތުގައި މުރައިދޫގައި އިމާރާތްކުރާ މިސްކިތުގެ އަގަކީ 8,080,557.86 ރ. އެވެ. އަދި ގެމަނަފުށީގައި އިމާރާތްކުރާ މިސްކިތުގެ އަގަކީ 10,190,999.55 ރ. އެވެ. މިއީ 300 މީހުންގެ ޖާގައިގެ ދެ މިސްކިތެކެވެ.

އެއް އަހަރުތެރޭ ނިންމަން ހަވާލުކުރި ސަރުކާރުގެ މި މަޝްރޫއުއަކީ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.