އަންނަ ސެޕްޓެމްބަރ 9 ދުވަހުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ތާއީދު ކުރެއްވުމަށް ދީނީ އިލްމުވެރިޔާ ޑރ. އަނާރާ ނައިމް ނިންމަވައިފިއެވެ.

މުއިއްޒަށް ތާއީދުކުރެއްވި ކަން ހާމަކޮށް އަނާރާ ވިދާޅުވީ އޭނާ މުއިއްޒަށް ތާއީދު ކުރެއްވީ ރާއްޖޭގެ ހަރިޖީ ސިޔާސަތާއި އިސްލާމްދީނުގެ އުސޫލުތަކަށް ރިޢާޔަތް ކުރައްވައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައި ދެއްވާނެކަމުގެ ޔަގީންކަން އޮތުމުންކަމަށެވެ.

ޑރ. އަނާރާ ނައީމްއަކީ އިސްމާލީ މައުލޫމާތު ފެތުރުމާއި ދީނީ ދަރުސް ދެއްވުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާ ޢިލްމުވެރިއެކެވެ. އަދި ޢަދާލަތު ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ގޮޑިއެއް ހޯއްދަވައި ދެއްވި ހަމައެކަނި މެމްބަރުވެސް މެއެވެ.

ގިނަ ބައެއްގެ ތައީދާއި ލޯބި ލިބިފައިވާ އަނާރާ ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރުގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

މީގެ އިތުރުން އަދާލަތު ޕާޓީގެ މެންބަރު ކަމުން ވަކިވެވަޑައިގެންނެވީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަނާރާ އަދާލަތު ޕާޓީން ވަކިވުމާއިއެކު އެޕާޓީގެ ކުރީ ސަފުން މިހާތަނަށް ހަމައެކަނި ފެނުނު ދެބޭކަނބަލުން ވެސް ވަނީ ޕާޓީން ވަކިވެފައެވެ. .