މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޑރ. މުޙައްމަދު މުއިއްޒަށް ތާއިދުކުރަން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ނިންމަވައިފިއެވެ.

މިއަދު އެކްސްގައިކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނުވަނީ މިކަން ހާމަކޮށްކޮށްފައެވެ

އެގޮތުން ޝަހީމް ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑރ. މުޙައްމަދު މުޢިއްޒަށް ތާއިދުކުރަން ނިންމަވާފައި ވާކަމަށެވެ. އަދި މިކަމުގެ ތަފްސީލް ފަހުން ހިއްސާކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވެފައި ވެއެވެ.

ޑރ. ޝަހީމަކީ 2018 ވަނަ އަހަރު ރައީސް ޔާމީންގެ ރަނިންމޭޓެވެ.

ނަމަވެސް މި ފަހަރު އަލުން ޔާމީން ނެންގެވީ 2013 ގައި ވެސް ރަނިންމޭޓަކަށް ނެންގެވި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ.