ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ހުރި ކަންބޮޑުވުންތައް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒާއި ހިއްސާ ކުރައްވައިފިއެވެ.

އެ އިންޑަސްޓްރީގެ ގިނަ އަދަދެއްގެ ފަންނާނުންނާއިއެކު ބޭއްވި މިބައްދަލުވުމުގައި އެބޭފުޅުންގެ ފަރާތުން ހުރި ކަންބޮޑުވުންތައް ވަނީ އެމަނިކުފާނަށް ހިއްސާ ކުރައްވާފައެވެ.

އަދި އެ އިންޑަސްޓްރީ ކުރިއަށް ގެންދިއުމުގައި ހުރި ދަތިތަކާއި، ގޮންޖެހުންތަކާިއ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި އިންޑަސްޓްރީ ބޭފުޅުން ދެއްކެވި ވާހަތަކަށްފަހު، ޑރ. މުއިއްޒުވަނީ އެބޭފުޅުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ.

އަދި އަތޮޅު ތެރޭގައި ރިޔާސީ ކެމްޕޭންގައި އުޅުއްވަމުންވެސް މާލެ ވަޑައިގެންނެވޭ މަދު ވަގުތުތަކުގައި އެމަނިކުފާނު ގެންދަވަނީ ބައްދަލު ކުރައްވަން އެދި ވަޑައިގަންނަވާ ގިނަ ބޭފުޅުންނާއި ބައްދަލު ކުރައްވައި ކަންބޮޑުވުންތައް އަޑު އައްސަވަމުންނެވެ.