ކުރިއަށް މިއޮތް ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު އިއްޔެ ވަނީ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ޏ ފުވައްމުލަކަށް ވަޑައިގެންފައެވެ.

ފުވައްމުލަކު ސިޓީގެ ރައްޔިތުން މުއިއްޒަށް ކިޔާފައި ވަނީ ވަރަށްވެސް ތަފާތު ހޫނު މަރުހަބާއެކެވެ.

މުއިއްޒު ވަނީ ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. ފުވައްމުލަކުސިޓީގެ އިތުރުންވެސް އެސިޓީގައި ދެއްކެވި ވާހަކަފުޅުގައި އެހެނިހެން ކަންކަމަށް އިޝާރާތްކުރައްވައި އެކަންތައްތަކަށްވެސް މުއިއްޒު ވަނީ ޔަގީންކަން ދެއްވާފައެވެ.

ޑރ މުއިއްޒު ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވުން
ޑރ މުއިއްޒު ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވުން
ޑރ މުއިއްޒުގެ އަނބިކަނބަލުން މުއިއްޒާއެކު ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވުން
ޑރ މުއިއްޒު ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވުން
ޑރ މުއިއްޒު ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވުން
ޑރ މުއިއްޒު ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވުން

ފުވައްމުލައް ސިޓީގެ ރައްޔިތުން ބޭނުންވާ ފެންވަރަށް ޒަމާނީ ވަސީލަތްތަކާއެކީގައި ފެންވަރު ރަނގަޅު ބަނދަރެއް ބޮޑުކޮށް، ތަރައްގީކޮށްދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ ފުވައްމުލަކަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވެފައެވެ.

ޑރ މުހައްމަދު މުއިއްޒުގެ ވައުދު، ފުވައްމުލަކުސިޓީއަށް
ޑރ މުހައްމަދު މުއިއްޒުގެ ވައުދު، ފުވައްމުލަކުސިޓީއަށް

ގާއިމް ކުރަންޖެހޭ ހުރިހާ ހިދްމަތްތަކެއް ގާއިމްކޮށް ފުވައްމުލަކު ހޮސްޕިޓަލަކީ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލަކަށް ހައްދަވައިދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޑރ މުހައްމަދު މުއިއްޒުގެ ވައުދު، ފުވައްމުލަކުސިޓީއަށް

ވަގްފު ބިނާއެއް ފުވައްމުލަކުސިޓީގައި ގާއިމުކޮށް ސަރުކާރު ހިދުމަތްދޭ ގިނަ އޮފީސްތައް އެއްފުރާޅެއްގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރެއްވުމަށް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

ޑރ މުހައްމަދު މުއިއްޒުގެ ވައުދު، ފުވައްމުލަކުސިޓީއަށް

މާލޭ ރަސްފަންނުފަދަ ރީތި އާޓިފިޝަލް ބީޗެއް ފުވައްމުލަކުގައި ގާއިމްވެގެންދާނެކަމުގެ ޔަގީންކަން މުއިއްޒު ދެއްވިއެވެ.

ޑރ މުހައްމަދު މުއިއްޒުގެ ވައުދު، ފުވައްމުލަކުސިޓީއަށް

ފުވައްމުލަކު ސިޓީއަށް ކިޔަވަން އަންނަ ކުދިން ތިބޭނެ ތަނެއް ހަދައި އެސިޓީއަކީ ތައުލީމީ ހަބަކަށް ހައްދަވައިދެއްވާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޑރ މުހައްމަދު މުއިއްޒުގެ ވައުދު، ފުވައްމުލަކުސިޓީއަށް

ޒުވާނުންނަށް އިންޑޯ އަދި އައުޓްޑޯ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ފުވައްމުލަކު ސިޓީގައިވެސް ގާއިމުކޮށްދެއްވުމަށާއި ފުވައްމުލަކުގައި ސިޓީ ހޮޓާ ތަރައްގީރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްދެއްވުމަށްވެސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

ޑރ މުހައްމަދު މުއިއްޒުގެ ވައުދު، ފުވައްމުލަކުސިޓީއަށް

އުނގެނުމަށް، ރިސަރޗް ހެދުމަށް، އިލްމީ ގޮތުން ކުރިއަށް ދިއުމަށް، ތައުލީމީ ޖީލެއް ބިނާކުރުމަށް، ފުވައްމުލައް ސިޓީގައި ޒަމާނީ ފެންވަރުގެ ލައިބްރަރީއެއް ގާއިމްކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.