ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރަށް މަރުގެ އިންޒާރު ދީފިއެވެ.
ސޯޝަލް މީޑިއާގައި ދިވާފައިވާ އިންޒާރުގެ ސްކްރީންޝޮޓް ރޭ ދަންވަރު އެކްސްގައި ހިއްސާކޮށް އުމަރު ވިދާޅުވީ މަރުގެ އިންޒާރު ލިބެމުންދާތީ އެކަން އެމްއެންޑީއެފްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
މީގެ އިތުރުން ޑްރަގް ލޯޑްސްގެ ފަރާތުން މަރުގެ އިންޒާރު ލިބެމުން އަންނަ ކަމަށް އުމަރު ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ހިއްސާ ކުރެއްވި ޓްވީޓުން ފެނިގެން ދަނީ ޓިކްޓޮކްގައި އާއްމު ކޮށްފައިވާ އޭނާގެ ވީޑިއޯއަކަށް ކޮށްފައި ހުރި ކޮމެންޓްތަކެއްގެ ސްކްރީންޝޮޓެކެވެ.
އަދި އުމަރަށް ހަމަލާ ދިނީ ޑްރަގް ވިއްކާ މީހެއް ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށާ ނަމަވެސް މިމައްސަލަ ފުލުހުން ބަލަމުންދާ ކަމެއް އަދި ހާމަކޮށްފައި ނުވެއެވެ.
ކުރިން ހޯމް މިނިސްޓަރުކަންވެސް ކުރެއްވި އުމަރު ނަސީރަށް މަރުގެ އިންޒާރުދީފައިވާއިރު ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އުޅުއްވަނިކޮށް އުމަރަށް މީހަކު ވަނީ ހަމަލާދީފައެވެ.
އެމަނިކުފާނަކީ މި ރިޔަސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފާޅުގައި ކޮރަޕްޝަނާއި، ޑްރަގާއި ގޭންގުތަކާއި ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމުގެ ވައުދުވެ އެކަން ތަންފީޒު ކުރައްވާނެ ގޮތް ހުށަހަޅަމުންދާ ކެންޑިޑޭޓެވެ.