ޝަހީދު ހުސައިން އާދަމްގެ ބައްޕަ، އާދަމް މުހައްމަދު ނިޔާވުމާ ގުޅިގެން، މަރުހޫމްގެ އާއިލާއަށް ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް، ސެމްބެ ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޝަހީދު ހުސެއިން އާދަމްގެ ބައްޕަ، އާދަމް މުހައްމަދު ނިޔާވެފައިވަނީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައެވެ. އާދަމް މުހައްމަދު ނިޔާވެފައި ވަނީ ބަލިވެ އުޅުމަށް ފަހު ހާލު ދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ކަމަށްވެއެވެ.

ޑރ މުއިއްޒު އެކްސް.ކޮމްގައި ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، ޝަހީދު ހުސައިން އާދަމް ގެ ލޮބުވެތި ބައްޕާފުޅު، އާދަމްމުހައްމަދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ހަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއެކުގައި ކަމަށެވެ. ހަމަމިއާއެކު، ޑރ މުއިއްޒު ވަނީ، މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާކުރައްވުމާއެކު، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރައްވާފައެވެ.

ޝަހީދު ހުސައިން އާދަމްގެ މަންމާފުޅާއި ބައްޕާފުޅު (އެފްބީ)

ފޭސްބުކް އޮފިޝަލް ޕޭޖުގައި ޝަހީދު ހުސައިން އާދަމް ގެ ލޮބުވެތި ބައްޕާފުޅު، އާދަމްމުހައްމަދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ހަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވެ، ސެމްބެ ވަނީ މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރައްވާފަ އެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރައްވާފައި ވެއެވެ.

ޝަހީދު ހުސައިން އާދަމަކީ 1988 އެއްގެ ނޮވެމްބަރ 3 ވަނަ ދުވަހު، ފަތިހު، ދިވެހިރާއްޖެއަށް ބާޣީން އަރައި ދިން ކުއްލި ނުރައްކާތެރި ހަމަލައިން، ގައުމީ ދިފާއީ ބާރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މައި މަރުކަޒު (ބަންޑާރަކޮށި) ދިފާއު ކުރުމަށް ދުޝްމަނުންނަށް ހަމަލާ ދެމުން ދަނިކޮށް، ވަޒަން ހުސްވެ ދުޝްމަނުންގެ ވަޒަން އަރައިގެން ޝަހީދުވި، ހަމަ އެންމެ 20 އަހަރުގެ ޒުވާން ބަތަލެކެވެ.

https://m.facebook.com/HucenSembe?refid=52&__tn__=C-R

ޝަހީދު ހުސައިން އާދަމްގެ ބައްޕަ، އާދަމް މުހައްމަދު ނިޔާވިއިރު، މަންމަ، އައިޝަތު ހަސަން އަދިވެސް ދުނިޔޭގައި އެބަ އިންނެވިއެވެ.

އާދަމް މުހައްމަދު ނިޔާވި އިރު ދުނިޔޭގައި ހަ ކުދިން އެބަތިއްބެވެ. އެއީ ފަސް އަންހެންދަރިންނާއި ފިރިހެން ދަރިއެކެވެ. ކޮންމެ އަހަރަކު ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ ޝަހީދު ހުސައިން އާދަމްގެ ހަނދާން އައު ކުރުމާއެކު، މަންމައާއި ބައްޕަގެ ވާހަކަވެސް ދެކެވޭ ދުވަހެކެވެ. އަދިހަމައެހެންމެ، ފުރުސަތު ލިބިގެންދިޔަވަރަކަށް، އާދަމް މުހައްމަދާއި އަައިޝަތު ހަސަންގެ ތަފާތު އިންޓަވިއުތަކާއި ފޮޓޯތައް އެކި މީޑިޔާތަކުން ވަނީ ގެނެސްދީފައެވެ.

ނިޔާވިއިރު އާދަމް މުހައްމަދު ހުންނެވީ ނުވަދިހައިގެ ފަހުގެ އަހަރުތަކުގައެވެ. ކޮންމެ ބަސްދީގަތުމެއްގައިވެސް މިލޮބުވެތި ބައްޕަގެ ހިތުގެ އަޑު ދުލުން ބުނާ ބަސްތަކުން ހާމަވެއެވެ. "އަޅުގަނޑުމެންގެ ދަރިފުޅަކީ ބަތަލެއް، ދީނާއި ގައުމަށްޓަކައި ޖާނުން ގުރުބާންވި ހިތްވަރުގަދަ އަޒުމްގަދަ ޝަހީދެއް!"