އިދިކޮޅު ޕީޕީއެމް/ޕީއެންސީޗއަށް ވެރިކަން ލިބިއްޖެނަމަ، އެ ޕާޓީއާ އިދިކޮޅު ފަރާާތްތައް ތިބެން ޖެހޭނީ ކޮޅުފިލާ ގޮނޑީގައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު(ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ ލ. އިސްދޫކަލައިދޫގައި ބޭއްވި "އުފާވެރިއަމާންރާއްޖެ" ކެމްޕެއިން ޖަލްސާގައެވެ
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނަވައިގެން، ގައުކޮޅެއް ވެސް އުފުއްލަވައި ނުލައްވާކަން ހާމަކުރައްވަމުން މޫސަ ވިދާޅުވީ، ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި އިދިކޮޅު މީހުންނަށް ގަނޑުވަރުތެރެއަށް ނުވަދެވޭނެ ކަމަށާއި، ތިބެން ޖެހޭނީ ކޮޅުފިލާ ގޮނޑީގައި ކަމަށެވެ.
މޫސަ ވިދާޅުވީ ރައީސް ސާލިހަށް، ހައްދުންމަތިން ރައީސް ސިއްސައިގެންދާވަރުގެ ނަތީޖާއެއް، ރައްޔިތުން ނެރެދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ދައްކާ ގޮތަށް ސިޔާސީ ވާހަކަ ދައްކަން ވަގުތެއް ނުވަނީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ގިނަ ތަރައްގީގެ ގިނަ މަޝްރޫއުތައް ނިންމަވައި، ރިބަން ކަނޑުއްވަމުންދާތީ، ސިޔާސީ ވާހަކަތަކަށް ވަގުތު ނުވާތީ ކަމަށެވެ.
މޫސަ އިތުރަށް ވިދާޅުވީ ރައީީސްސާލިހަ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، ލ.އަތޮޅުގެ ރަށްތަކުގައި ތަރައްގީގެ އިތުރު މަޝްރޫއުތައް ހިންގަވާނެ ކަމަށެވެ.
ރީކޯމޫސައަށް އެމްޑީޕީގެ ހައިސިއްޔަތު އެގުނީތީ ވަރަށްވެސް ރަނގަޅު، ރީކޯއަށް ވަރަށް ހޫނު މަރުހަބާއެއް ކިއަން.
ރީކޯމޫސައެބުނީ އޮޅިގެން ނަމަވެސް ރަގަޅުވާ ހަކައެއް މޫސަކަހަލަ މީހުން ރައްޔިތުންނައް ފޭންޖެހޭލާރި ނުދީވޭތޯ ފިލާގެން އުޅޭ މީހުން އިންސާފުގެ ކުރިމަްޗަށް ގެނެވޭނެ އެލާރިނުދީ މީގަކުރީގަވެސް ޔާމިނު ފަހަތުގާ މިފަހަރު އިބޫފަހަތުގާ މިފަހަރު މީރައްޔިތުންގެ ފަހަރު