އިތުރު އެއްވެސް އައު ޓެކުހެއް ނުނަންގަވާނެކަމަށާއި ނަމަވެސް ސަރުކާރު %30 އަށް ކުޑަކުރައްވާނެކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށްދާ "ސަންގުބަހުސް"ގައި 2026ގައި އެކުޖުމްލަ އެއްބިލިއަން ޑޮލަރު ދައްކަން ޖެހޭކަމަށާއި މިހާރުގެ ދައުލަތުގެ އާމްދަނީ ހުރިގޮތުން ރާއްޖެ ބަގުރޫޓުވެ ހާލަށް ޖެހިދާނެކަމަށް މާހިރުން ލަފާ ކުރައްވާއިރު މިކެމްޕެއިންތެރޭގައި އެތައް އާހަރަދުތަކެއް ކުރާނެކަމުގެ ވައުދުތައް ކުރައްވަމުދާއިރު، 2026 އަށް ދަރަނި ދެއްކުމަށް އެއްވެސް ޕްލޭނެއް އޮތްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އުމަރު ނަސީރު ވިދާޅުވީ އެމަނިކުފާނު އެއްވެސް އައު ޓެކުހެއް ތައާރަފް ނުކުރައްވާނެކަމަށާއި އެހެންނަމަވެސް ސަރުކާރު 30 އިންސައްތައަށް ކުޑަކުރާނެކަމަށެވެ.
"އަޅުގަނޑު އެކަނިކަން ނޭނގޭ ތިކަހަލަ ޅޮސްއުނދޯއްޔަށް ނާރުވަނީ، އަޅުގަނޑު ނޯންނާނެ އެެވެނިކަމެއް ކޮށްދޭނަމޭ މިވެނިކަމެއް ކޮށްދޭނަމޭ ދަންނަވާފަ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، ރައްޔިތުންނާއި ޒުވާނުން އަމިއްލަފައިމައްޗަށް ތެދުކޮށް، އެމީހުން އެމްޕަވަކޮށްގެން، ޒިންމާދާރު ރައްޔިތެއް އުފެއްދުމަކީ އެމަނިކުފާނުގެ ތަސައްވުރުކަމަށާއި ރާއްޖެ އިގްތިސާދު ޑައިވަރސިފައި ކުރަން އެބަޖެހެކަމަށާއި ހަމައެކަނި ޓުއަރިޒަމަށް ބިނާކޮށްފައި ނުބޭއްވޭނެ ކަމަށާއި މިމިސްރާބު ނޫން އެހެން މިސްރާބަކަށް އިގްތިސާދު ބަދަލުކުރަން ޖެހޭކަމަށެވެ.
އަދި ޓްރާންޝިޕްމަންޓް ބަނދަރުތަކާއި ފްރީޓްރޭޑް ބޯޓްޒޯންތަކާއި މަސްވެރިކަން ތަރައްގީކޮށް ހަމައެކަނި ކިރައިގެން މަސް ވިއްކުމުގެ ބަދަލުގައި ބަންދުކޮށްގެން މަސްބޭރު ކުރާ ގައުމަކަށް މިގައުމުވާން ޖެހޭކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެެވެ..
ތާކުންތާކު ނުޖެހޭ ވައުދުވެ މުޅިގައުމު ދަރާވިކިގެން ހިނގައްޖެކަމަށާއި 2026ގައި އެ ދަރަންޏާ ކުރިމަތިލާން ޖެހޭނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އައު ޓެކުހެއް ތައާރަފް ނުކުރައްވާނެކަމަށާއި ނަމަވެސް ސަރުކާރު 30 ޕަސެންޓަށް ކުޑަކުރާނެކަމަށެވެ.