ހާއްސަ ތަމްރީނު ތަކަކަށް އިންޑިއާގެ ނެވީ ބޯޓެއް 450 ސިފައިންނާއެކު މަނަވަރެއް ލަންކާއަށް ހުކުރު ދުވަހުގައި ޖައްސައިފިއެވެ.

އިންޑިއާގެ ނޭވީ ބޯޓު "އައި އެން އެސް ދިއްލީ" ނަމަކަށް ކިޔާ 163.2 މީޓަރު ދިގު، އެބޯޓުގައި 450 ސިފައިން ދަތުރު ކުރާކަމަށް އޮފިޝަލުން ބުނެއެވެ.އަދި މި ޒިޔާރަތުގައި އިންޑިއާ ސިފައިން އެ ގައުމުގެ ހާއްސަ ސަރަހައްދުތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާއިރު، އިންޑިއާގެ މަނަވަރަށް މަރުހަބާ ކިޔުމަށް ލަންކާގެ ނޭވީ އޮފިޝަލުން ވަނީ އެ ބޯޓަށް ޒިޔާރަތްކޮށްފައެވެ.

މީގެއިތުރުން އޮފިޝަލުން ބުނީ އިންޑިއާގެ ނޭވީ އާއި ލަންކާގެ ނޭވީ ގުޅިގެން ދެގައުމު ދެމެދުގައި ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ މަޝްވަރާތައްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިންޑިއާގެ މަނަވަރު މިއަދުގެ ވަގުތެއްގައި ކޮލަމްބޯ ހާބަރު ދޫކޮށް ކަނޑުގައި ލަންކާގެ ނޭވީ އާއި ގުޅިގެން އޮޕަރޭޝަން ހިންގުމަށް ވަނީ ރާވާފައެވެ.