އަންނަ ހަފްތާގެ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ހަމަޖައްސަވައިފިއެވެ.

ސެޕްޓެމްބަރ 10 އެއްވާ އާދީއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، އޭގެ ކުރީ ދުވަހު ރިއާސީ އިންތިހާބު ބާއްވާތީ، އިންތިހާބާ ގުޅޭ އެކިއެކި މަސަައްކަތްތަކުގައި، ސަރުކާރުގެ ގިނައަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރި ވާނެތީ އާއި، އެދުވަހާ ގުޅިގެން، ސެޕްޓެމްބަރު މަހުގެ ދިހަވަނަ ދުވަހަކީ ސަަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުން އެދި އިލެކްޝަން ކޮމިޝަނުން އެދިވަޑައިގެންފައި ވާތީއެވެ.