ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހދ. ނެއްލައިދޫ ފެނަކަ އިންޖީނުގެ ހުޅުއްވައި ދެއްވައިފިއެވެ.

އެމަނިކުފާނު ނެއްލައިދޫ ފެނަކަ އިންޖީނުގެ ހުޅުއްވައިދެއްވީ އިއްޔެ އެރަށަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގައެވެ.

ނެއްލައިދޫ އައު އިންޖީނުގެއަކީ ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ އިންޖީނުގެއެކެވެ.

ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 240 ކިލޯވޮޓެވެ. ނަމަވެސް މިއަދު ހުޅުވި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ 980 ކިލޯވޮޓެވެ

ކުރީގެ އިމާރާތުގެ ބޮޑުމިނަކީ 3240 އަކަ ފޫޓެވެ. އަދި މިހާރުގެ އިންޖީނުގޭގެ އިމާރާތުގެ ބޮޑުމިނަކީ 4234.5 އަކަ ފޫޓެވެ.

އިންޖީނުގޭގައި ހިމެނޭ ކޮމްޕޯނެންޓްސް:

  • ކުރިން- ކޮންޓްރޯލް ރޫމް، އަދި ޑެގްރޫމް
  • މިހާރު- ފާހާނާ، ސްޓޯރ، އިންޖީން ރޫމް، ކޮންޓްރޯލް ރޫމް، ވޯރކް ޝޮޕް، ޗިމްނީ، ޕޭންޓްރީ

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ.