ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން އޮންލައިންކޮށް ކުށުގެ ރެކޯޑް ސާފުކުރެވޭގޮތް ހަދައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މި ހިދުމަތް ލިބޭނީ އީފާސް މޯބައިލް އެޕް އަޅައިގެން، އެ އެޕްއިން ނުވަތަ ޕީޖީ އޮފީހުން އޮންލައިން ހިދުމަތްތައް ހޯދާ ޕޯޓަލް އިން ކަމަށެވެ.އަދި މި ހިދުމަތް ހޯދުމަށް ކުށުގެ ރެކޯޑު މެނޫއިން ކުށުގެ ރެކޯޑަށް އެދި ހުށަހެޅުމުން ހިދުމަތް ލިބޭނެކަމަށްވެސް ޕީޖީއިން ބުނިއެވެ.

މީގެއިތުރުން ބުނީ ރެކޯޑަށް އެދޭތާ ސަރުކާރު ބަންދު ނޫން އެއްދުވަސް ތެރޭގައި އޮންލައިންކޮށް އޭގެ ޖަވާބު ލިބިގެންދާނެކަމަށެވެ.އަދި ފޯނުން ފެނިގެންދާއިރު، އެ ޖަވާބު އޮފީހުން ދިން ސައްހަ ލިޔުމެއްކަން އެނގޭނެ ވެރިފިކޭޝަން ކޯޑަކާއެކު ޕްރިންޓުވެސް ކުރެވޭނެކަމަށެވެ.

ޕޯޓަލްގެ އިތުރުން އީމެއިލް މެދުވެރިކޮށް ކުށުގެ ރެކޯޑު ސާފުކުރެވޭ ގޮތަށް ވަނީ ހަދައިފަ އެވެ. އެގޮތުން [email protected] އަށް އީމެއިލް ކުރުމުން ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ތެރެއިން ދެ ދުވަސް ތެރޭގައި ކުށުގެ ރެކޯޑު ސާފުކުރުމަށްފަހު، އީމެއިލްއަށް ޖަވާބު ފޮނުވައިދޭނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުގެ ހިދުމަތްތައް އޮންލައިންކޮށް އީފާސް މޯބައިލް އެޕް މެދުވެރިކޮށް ލިބޭގޮތް ހަދާފައި ވަނީ މިދިޔަ މަހުއެވެ.