މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފުންނަށް މުސާރައިގެ 50 ޕަސެންޓު ޑޮލަރުން ދޭން ނިންމައިފިއެވެ.
ކޯވިޑު-19ގެ ކުރިން އެމްއޭސީއެލްއިން މުވައްޒަފުންނަށް މުސާރަ ދެމުންދިޔައީ 50 ޕަސެންޓު ޑޮލަރުންނެވެ. ނަމަވެސް ކޯވިޑާއެކު އެކަން ހުއްޓާލާފައި އޮތުމަށް ފަހު މިހާރު ވަނީ އެކަން އަލުން އިއާދަކުރަން ނިންމާފައެވެ.
އެގޮތުން އެމްއޭސީއެލްއިން މިއަދު މުވައްޒަފުނަށް ފޮނުވި އިންޓަރނލް މެމޯގައި ބުނެފައި ވަނީ ސެޕްޓެންބަރު މަހުން ފެށިގެން އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މުސާރަ ދެމުންގެންދާނީ މުވައްޒަފަށް ލިބޭ މުސާރައިގެ ދެބައިކުޅަ އެއްބައި ޑޮލަރުން ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (އެމްއޭސީއެލް)ގެ އެކި މަގާމުތަކުގައި ގާތްގަނަޑަކަށް 4500 ގާތްކުރާ އަދަދަ މުވައްޒަފުން ތިބެއެވެ.
މަރުހަބާ އެމްސީއެލް