ވިނަރެސް ފްލެޓްތަކަށް ދިގުމުއްދަތަށް ބަހާލައިގެން ފައިސާދައްކާ ފަރާތްތަކަށް އުފާވެރި ހަބަރެއް ކަމަށް ބުނެ، ޑައުންޕޭމަންޓްގެ %15 ދެއްކުމުން ގަނެވިއްކުމުގެ އެއްބަސް ވުމުގައި ސޮއި ކުރެވޭނެކަމަށް އާބަންކޯއިން ބުނެފިއެވެ.
އާބަންކޯ އިން މިއަދު ބުނީ، ވިނަރެސް ފްލެޓްތަކަށް ދިގުމުއްދަތަށް ބަހާލައިގެން ފައިސާދައްކާ ފަރާތްތައް ޑައުންޕޭމެންޓް އަދަދުގެ %15 ދެއްކުމުން ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށެެވެ އަދި ހަމައެހެންމެ ތިން މަސްދުވަސްތެރޭގައި ޑައުންޕޭމެންޓްގެ އަދަދު އެއްކޮށް ދައްކައި ނިމުމުން ޔުނިޓްގެ ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށްވެސް އާބަންކޯއިން ބުންޏެވެ. އަދި ހަމަމިއާއިއެކު ގަނެވިއްކުމުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އެސޫލްތަކަށް އަމަލު ކުރެވިގެންދާނެ ކަމަށްވެސް އާބަންކޯ އިން ވަނީ ހާމަކޮށްފައެވެ.
ވިނަރެސް އެޕާރްޓްމެންޓްތަކަކީ ހުޅުމާލޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އަރބަންކޯ އިން ހިންގާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެއްވެސް މައްސަލައެ އްކުރިމަތިނުވެ ވަރަށް ފުރިހަމަކަމާއިއެކު ކުރިއަށް ގެންދެވުނު މަޝްރޫއެކެވެ.
ހަމަ މިއާއެކު ދިހަ ޓަވަރުގެ މި ވިނަރެސް މަޝަރޫއަކީ އަރބަންކޯއިން ފުރަތަމަ ފަހަރަށް މެދު ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން ހިންގައި، ރައްޔިތުންނަށް ފޯރުކޮށްދީފައިވާ މަޝްރޫއެވެ.