ރިޔާސީ އިންތިހާބުގެ ދެވަނަބުރާ ގުޅޭގޮތުން ނިންމަވާގޮތް މިރޭ ހާމަކުރައްވާނެކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ އުމަރުގެ އޮފިޝަލް ފޭސްބުކް ޕޭޖަށް ޕޯސްޓްކޮށްފައިވާ ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ބުނެފައިވަނީ މި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ގުޅޭގޮތުން އުމަރާއި އުމަރުގެ New Direction ޓީމުން ނިންމާ ނިންމުން އިއުލާނުކުރުން މިރޭ 09:30 ގައި ކެމްޕޭނު ސްޓޫޑިއޯއިން ވަގުތުން، ފޭސްބުކް ޓިކްޓޮކްގައި ލައިވްކޮށް ގެނެސްދޭނެ ކަމަށެވެ.
އުމަރުގެ ނިންމުން މިރޭ ހާމަކުރާނެކަން އިއުލާނުކޮށްފައިވާއިރު ދެވަނަ ބުރެއްގައި އެއްވެސް ކޮޅެއް ހިޔާރު ނުކުރައްވާނެކަން، ފުރަތަމަ ބުރުގެ ކެމްޕޭނުގެ ތެރޭގައި އުމަރު ވަނީ އިއުލާނު ކުރައްވާފައެވެ.
ފުރަތަމަ ބުރުގައި ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން ހަސަން ޒަމީލް އާއި މުހައްމަދު ނާޒިމް އާއި ފާރިސް މައުމޫންގެ އިތުރުން ގާސިމް އިބްރާހިމް ވަނީ ގޮތެއް ނިންމަވާ އެކަން ހާމަކޮށްފައެވެ.
އެގޮތުން ނާޒިމް ފިޔަވާ ދެންތިބި ކެނޑިޑޭޓުން ނިންމީ ދެވަނަ ބުރެއްގައި އެއްވެސް ކޮޅެއް ހިޔާރު ނުކުރުމަށެވެ. ނާޒިމް ހިޔާރު ކުރެއްވީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރުމަށެވެ.
މިއީ މޭނަކީ. އައި ލަވްހިމް
ގަބޫލުކުރެވެނީ އުމަރުވެސް އަރާނީ ބޮޑު ފަޅި ކަމުގައިވާ ޑޮކްޓަރގެ ފަޅިއަށް