ރާއްޖޭގެ އެންމެ އާބާދީ ބޮޑު މާލެ ސިޓީގައި، ޕީޕީއެމް/ޕީއެންސީގެ ކެމްޕޭން ހަރަކާތްތައް އިތުރަށް ވަރުގަދަކޮށްފައިވާ މިދުވަސްވަރު، ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ލަންކާގައި ތިބި ދިވެހިންނާ ބައްދަލުކުރުމަށް މިރޭ ލަންކާއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވައިފައެވެ. މިވަަގުތު އެންމެ ވަރުގަދަ އަށް މުޅި ރާއްޖޭގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަނީ ޕީޕީއެމް/ޕީއެންސީންނެވެ. އަތޮޅު ތެރޭގައި ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި، ލީޑަރޝިޕްގެ އިސް ބޭފުޅުން ކެމްޕޭން ހަރަކާތްތައް ފޯރިއާއެކު ކުރިއަށް ގެންދާ ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ. ކެންޕޭން ހަރަކާތުގައު އެންމެ ހާއްސަކޮށް ފާހަގަކުރެއްވެނީ ރަނިން މޭޓް ސެމްބެގެ ކެމްޕެއިން ހަރަކާތްތަކެވެ.
އެގޮތުން އިއްޔެ ސެމްބެ ވަނީ މުޅި މާލޭގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އަދި ލީޑަރޝިޕްގެ ޓީމުތައް ވަނީ މާލޭގެ އެކި ހިސާބުތަކުގައި ދޮރުން ދޮރަށް ހިނގައި ރައްޔިތުންނާއި ބައްދަލުކޮށް އިތުރު ތާއީދު ހޯދުމަށް މަސައްކަތް ކޮށްފައެވެ.
އިންތިހާބުގެ ކެމްޕޭންގައި ސެމްބެ މިއަދު ސްރީލަންކާގައި އުޅުއްވާ ދިވެހި ރައްޔިތުންނާއި ބައްދަލު ކުރުމަށް ވަޑައި ގަންނަވާނެއެވެ. މީގެކުރިން ވެސް ކެމްޕެއިން ހަރަކާތްތަކުގައި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނާ ބައްދަލުވެވަޑައިގެންނެވުމަށް ބޭރުގައުމުތަކަށް ޒިޔާރަތްކުރެއްވިއެވެ.
ފުރަތަމަ ބުރުގައި ބޮޑު ތަފާތަކުން ރައީސް ސާލިހުގެ މައްޗަށް މުއިއްޒު ކުރި ހޯއްދެވި ނަމަވެސް އަދިވެސް މުއިއްޒާއި، ޕީޕީއެމް/ޕީއެންސީގެ ޓީމު ތަކުން ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ.
މެލޭޝިޔާ ފޮއްޓަށް އަޅުގަނޑު ގެ އާއިލާގެ 3މީހުންގެވޯޓް މިފަހަރު ލިބޭނެ