ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފިއެވެ.

ބީއެމްއެލްއިން ކޮންމެ ތިން މަހަކުން އެއް ފަހަރު ލޭ ހަދިޔާކުރުމަށް ކޭމްޕްގެ ދަށުން މިފަހަރު ހިންގި ކޭމްޕްގައި މޯލްޑިވްސް ބްލަޑް ސާވިސަސްއާ ގުޅިގެން 46 މުވައްޒަފަކު ލޭ ހަދިޔާކޮށްފައިވެއެވެ.

އެގޮތުން ފުރަތަމަ ދެ ކުއާޓާގައި މި ކޭމްޕުން 60 އަށްވުރެ ގިނަ ބީއެމްއެލް މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާ މެމްބަރުން ވަނީ ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި އެ މިންވަރަށް ލޭ ހަދިޔާކޮށްފައެވެ.

ލޭ ހަދިޔާކުރުމުގެ ކޭމްޕް ބާއްވަން ފަށާފައިވަނީ 2021 ވަނަ އަހަރުއެވެ.