ފަރެސްމާތޮޑާ އާއި އެރަށު އެއާޕޯޓް ގުޅާލާ ކޯޒްވޭ ޑިސެމްބަރަށް ނިންމާ ބޭނުންކުރަން ފަށާނެކަމަށް އެމަސައްކަތްކުރާ މޯލްޑިވްސް ކޮންޓްރެކްޓިންގް ކުންފުނި (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ ރަށުގެ ރައްޔިތުން އެއަރޕޯޓަށް ދަތުރުކުރުމަށް ވަގުތީގޮތުން ބޭނުންކުރަމުން އަންނަނީ ވެލިއަޅައިގެން ހަދާފައިވާ އޮތް ކޯޒްވޭއެއް ކަމަށެވެ.ނަމަވެސް މި ކޯޒްވޭއަށް ރާޅު އަރާ، މިދިޔަ ހަފްތާގައި ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ސަބަބުން އެމްޓީސީސީއިން ވަނީ އެސަރަހައްދު ރަނގަޅުކޮށް ބޭނުންކުރެވޭގޮތް ހަދާފައިކަމަށް ބުންޏެވެ.

މީގެއިތުރުން ބުނީ ދާއިމީ ހައްލެއްގެ ގޮތުގައި ހަދަމުންދާ ދާއިމީ ކޯޒްވޭގެ ހުރިހާ މަސައްކަތްތައް ނޮވެމްބަރު މަަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ދިގުމިނުގައި 90 މީޓަރު އަދި ފުޅާމިނުގައި 10.3 މިޓަރު ހުންނާނެ މި ކޯޒްވޭގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައެވެ.އަދި ކޯޒްވޭ ހިމާޔަތްކުރުމަށް 115 މީޓަރުގެ ރިވެޓްމަންޓް ޖަހާނެކަމަށްވެސް ބުންޏެވެ.

މި ޕްރޮޖެކްޓްގެ ތެރޭގައި ކޯޒްވޭގެ އިތުރުން، އެއާޕޯޓަށް ދަތުރުކުރާ މައި މަގުގައި ތާރު އަޅާ ތަރައްގީކުރުންވެސް ހިމެނޭކަމަށް ބުނިއެވެ.އަދި މިއީ 292 މީޓަރުގެ މަގުގެ ސަރަހައްދެކެވެ.ކޯޒްވޭގެ މަސައްކަތް ނިމުމާއެކު، އެމަގު ތަރައްގީކުރަން ފަށާނެކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވާ ހިދުމަތް ފެށީ މިއަހަރުގެ މާޗްމަހުގެ 15 ވަނަ ދުވަހުއެވެ.