އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް މަގާމުތަކުން ވަކިކޮށްފިއެވެ.

ޑރ. މުއިއްޒަށް ރޭ ތާއީދުކުރިކަން ހާމަކޮށްފައިވަނީ

ވަޒީފާތަކުން ވަކިކޮށްފައިވަނީ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެކެވެ. އެ ބޭފުޅުން ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ފެށްޓެވީ ރޭގައެވެ.

މަގާމުން ވަކި ކުރި ބޭފުޅުންގެ ތެރޭގައި:

  • އަހްމަދު ޒިޔާން އަބްދުއް ރަހުމާން (ޑެޕިއުޓީ މިނިސްޓަރ އެމްއާރްއެމް)
  • އަލީ ތާއިފް (ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އެމްއާރްއެމް)
  • އިސްމާއިލް ރައޫފް (ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އެމްއާރްއެމް)
  • އަބްދުﷲ އަނީފް (ޑެޕިއުޓީ މިނިސްޓަރ އެމްއާރްއެމް)
  • ޝިމާޒް އަލީ (ޑެޕިއުޓީ މިނިސްޓަރ)

މިނިސްޓަރ އޮފް ދަ ޕްރެޒިޑެންޓް އޮފީސް އިބްރާހީމް ވަހީދު ސޮއި ކުރައްވައި، އެބޭފުޅުންނަށް ފޮނުއްވި ސިޓީގައި ވަނީ ރައީސަށް ލިބިދޭ ބާރުގެ ދަށުން މަގާމުތަކުން ވަކި ކުރައްވާފައިވާ ކަމަށް ދަންނަވަން ރައީސް ވިދާޅުވި ކަމަށެވެ.