އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. މުހައްމަދު ގުބާދު އަބޫބަކުރު ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.

ގުބާދު ޕީޕީއެމްއަށް ސޮއިކުރައްވައި މެމްބަރޝިޕް ފޯމު ހަވާލުކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑރ. ގުބާދުު ތާއިދު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށެވެ. އެމްއެންޕީގައި ހުންނެވުމަށްފަހު ރައީސް ސާލިހަށް ތާއިދު ކުރައްވާ ކަން އިއުލާން ކުރެއްވުމަށްފަހު އޭނާ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ގުބާދަކީ ޑީއާރުޕީގައި ކުރިން ވަރަށް އިސްކޮށް ހަރަކާތްތެރިވެ އުޅުއްވި އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ޑީއާރްޕީގައި ހުންނަވާފައި 2011 ވަނަ އަހަރު ވެސް އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތެވެ.