މިސަރުކާރަށްވެސް މިހާރު އޮތް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ތާޢީދު ކުރުންކަމަށް، ޢަލީ ރަމީޒް ބުނެފިއެވެ.

އަލީ ރަމީޒް މިހެން ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ ދައުރަށް އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން ކެމްޕެއިން ކުރަމުން ދިޔަ އެމްޑީއޭ، ކޯލިޝަނުން ވަކިވެ ޑރ. މުޙައްމަދު މުއިއްޒަށް ތާއިދުކުރަން ނިންމުމާ ގުޅިގެންނެވެ. އެހެންކަމުން ސަރުކާރުން ވެސް ޑރ. މުއިއްޒަށް ތާއިދުކޮށް އެކަން އަވަހަށް އިއުލާން ކުރުން އަވަސް ކުރުމަށް ވެސް އޭނާ ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހާއިއެކު ބައިއަތު ހިފާފައިވާ އެމްޑީއޭއިން ދެވަނަ ބުރުގައި ކޯލިޝަނުން ވަކިވެ ޑރ. މުއިއްޒަށް ތާއިދުކުރަން ނިންމީ ރޭގައެވެ.

އެމްޑީއޭގެ މިނިންމުމާއިއެކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސާލިހާއިއެކު ކޯލިޝަން ޕާޓުނަރެއްގެ ގޮތުގައި މަސައްކަތްކުރާނީ އަދާލަތު ޕާޓީ އެކަންޏެވެ.