އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައްވައިފިއެވެ.

މުއިއްޒު ވޯޓު ލެއްވީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ އެދާއިރާގެ ވޯޓު ފޮއްޓަށެވެ.

މިފަހަރުގެ އިންތިހާބުގައި ރައީސް ޔަމީނަށް ކެންޑިޑެސީ ގެއްލުމުން، އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވާދަ ކުރައްވާ ކެންޑިޑޭޓަކީ ޑރ މުއިއްޒެވެ. މުއިއްޒު ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްލައްކައަށް ވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ.

މުއިއްޒުގެ ރަނިންމޭޓް ސެމްބެވެސް ވަނީ ވޯޓު ލައްވާފައެވެ. ޕީޕީއެމް/ޕީއެންސީ ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީީމް ވެސް ވަނީ ވޯޓު ލައްވާފައެވެ.މިއަދު ހެނދުނު 8 ޖެހުމާއެކު މާލެއާއި އަތޮޅުތަކުގައި ވޯޓުލުމުގެ ކަންކަން ވަނީ ފަށާފައެވެ.

ޑރ މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ވޯޓުލައްވައިފިއެވެ.

ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލާ ވީހާވެސް ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މިފަހަރު އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާ ގަޑިއަށް އިތުރު އެއްގަޑިއިރު އިތުރުކޮށްދެއްވާފައެވެ.

މިއަަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް މިހާރުވަނީ ވޯޓުލާން ފަށާފައެވެ.