އަބޫދާބީ އަދި ޔޫކޭ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވޯޓުލުން ފެށިގެން ކުރިޔަށްދާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ބައެއް މަރުކަޒު ތަކުގައި ގާތްގަނޑަށް މިނިޓަކު 2 މީހުން ވޯޓު ލައްވަމުންދާ ކަމަށެވެ.

ފުރަތަމަ ބުރުގެ ވޯޓުލުމާ އަޅާ ބަލާފަ ދެވަނަ ބުރުގައި ވޯޓުލުމުގެ ފޯރިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް ވޯޓުލާން ނިކުންނަ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

ފޮށި ބަހައްޓާ ގައުމުތަކުގައި ވޯޓުލާ ގަޑިތައް

  • އިންޑިޔާގެ ޓްރިވެންޑްރަމް – ހެނދުނު 8:30
  • ސްރީލަންކާގެ ކޮލަމްބޯ – ހެނދުނު 8:30
  • މެލޭޝިއާގެ ކުއަލަލަމްޕޫރު – ހެނދުނު 11:00
  • އިނގިރޭސިވިލާތުގެ ލަންޑަން – ހެނދުނު 8:30
  • ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީ – ހެނދުނު 8:00