ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށި، މިހާތަނަށް ފަރެސްމާތޮޑާ ވޯޓު ފޮއްޓަށް 590 މީހުން ވޯޓު ލައިފިއެވެ.

މިއަދުގެ ތިނެއް ޖެހުމާއި ހަމައަށް ޖުމްލަ 590 މީހުން ވަނީ ވޯޓުލާފައިވާއިރު އޭގެތެރެއިން ގިނައީ ފިރިހެނުންނެވެ.އެއީ 314 ފިރިހެނުންނާއި 276 އަންހެނުންނެވެ.އޭގެތެރެއިން ވޯޓު ފޮށި އެކަކަށް މުޅި ޖުމްލަ 313 މީހުން ވޯޓު ލާފައިވާއިރު، ވޯޓު ފޮށި ދޭކަށް ލާފައިވަނީ 277 މީހުންނެވެ.

ފޮޓޯ: މަރްޔަމް ޝަޒްލާ/ހަލިނޫސް

ދެވަނަ ބުރުގައި މެންދުރު 1:00އާ ހަމައަށް 144347 މީހުން ވޯޓުލައިފިއެވެ.އަދި މިއަދު ތިނެއް ޖަހަންދެން 199،023 މީހުން ވޯޓު ލައިފިކަމަށް އިލެކްޝަން ކޮމިޝަން އިން ބުނެފިއެވެ.