ރިޔާސީ އިންތިޚާބުގެ މިހާތަނަށް ގުނުނު ވޯޓު ފޮށިތަކުން ކުރީގައި އުޅުއްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ.

މިހާތަނަށް ވަނީ 293 ފޮށީގެ ނަތީޖާ ލިބިފައެވެ. ގުނުނު ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާތަކުން ކުރީގައި އުޅުއްވަނީ ޑރ މުއިއްޒުއެވެ. ގިނަ ރިސޯޓްތަކުންވެސް މުއިއްޒާއި ރައީސް ސާލިހު ގާތް ގާތުން ވާދަކުރިއިރު، ރަށްތަކުން ބޮޑު ތަފާތަކުން މުއިއްޒު ދަނީ ކުރި ހޯއްދަވަމުންނެވެ. މާލެއިން މިހާތަނަށް ގުނުނު ވޯޓު ފޮށިވެސް ކާމިޔާބު ކުރައްވާފައިވަނީ މުއިއްޒުއެވެ.

ގިނަ ރިސޯޓްތަކުންވެސް މުއިއްޒުއާއި ރައީސް ސާލިހު ގާތް ގާތުން ވާދަކުރިއިރު، ރަށްތަކުން ބޮޑު ތަފާތަކުން މުއިްއޒު ގެންދަނީ ކުރި ހޯއްދަވަމުންނެވެ. މާލެއިން މިހާތަނަށް ގުނުނު ވޯޓު ފޮށިވެސް ކާމިޔާބު ކުރައްވާފައިވަނީ މުއިއްޒެވެ.

  • ޖުމްލަ ފޮށީގެ އަދަދު: 586 ފޮށި
  • މިހާތަނަށް ގުނުނު ފޮށީގެ އަދަދު: 293
  • ޑރ މުހައްމަދު މުއިއްޒު (މާފަންނު ދިމްޔާތު/މާލެސިޓީ) (ޕީޕީއެމް/ޕީއެންސީ)

51،533 ވޯޓު %52.60 އިން ސައްތަ

  • އިބްރާހީމް މުހައްމަދު ސާލިހު (ނޫރާނީއާގެ/ޅ.ހިންނަވަރު) (އެމްޑީޕީ)

43،564 ވޯޓު %44.45 އިން ސައްތަ

މިއިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 282،804 މީހުންނަށް ލިބުނުއިރު މީގެ ތެރޭގައި 144،410 ފިރިހެނުންނާއި 138،394 އަންހެނުން ހިމެނެ އެވެ. އިންތިހާބުގެ ދެވަނަ ބުރުގައި މުޅިން އަލަށް 408 މީހުން ވޯޓުލުމުގެ ހައްގު ލިބުނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އެވެ.

މިހާތަނަށް ދެވަނަބުރުގެ ގުނުނު ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވަރަށް ކައިރިކައިރީގައި ވާދަކުރަމުން އަންނަ އިރު، ރައީސް ސާލިހަހުގެ މައްޗަށް ޑރ މުއިއްޒު ދަނީ ކުރި ހޯއްދަވަމުންނެވެ.