ބަންގްލަދޭޝްގައި ޑެންގޫ ޖެހޭ މީހުންގެ އަދަދު އިތުރުވެ ބަލި ފެތުރެން ފަށައިފިއެވެ.

އެގައުމުގެ ސަރުކާރުން މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި މިހާތަނަށް ޑެންގޫ ޖެހިގެން 1000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. ޑެންގޫ ޖެހޭ މީހުންގެ އަދަދުވަނީ ހޮސްޕިޓަލަށްތަކުގެ ކެޕޭސިޓީއަށްވުރެ އިތުުރުވެފައި ކަމަށްވެސް އެގައުމުން ބުނެފައިވެއެވެ.

މީގެ އިތުރުން ބުނެފައިވަނީ ހޮސްޕިޓަލުތަކުގައި އެކަމަށް ފަރުވާ ދޭނެ ވަސީލަތްތައް މަދުކަމަށެވެ. އެ ގައުމުގައި މިހާރުވަނީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވެފައެވެ. އެހެން ކަމުން އެފަދަ ބަލިތަކަށް ރައްޔިތުން ހޭލުންތެރިކުރުމަށް އިތުރު ޕްރޮގްރާމްތައް މިހާރުވަނީ ފަށައިފައި ކަމަށް ވެސް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.