ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޗައިނާގެ ރައީސް ޒީ ޖިންފިންގް މަރުހަބާ ވިދާޅުވެއްޖެއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުވާފައިވާ ސަފީރު ވޭންގް ލިޒިން މިއަދު ކުރެއްވި ޓުވީޓޭއްގައި ވިދާޅުވީ ޗައިނާއާއި ރާއްޖެއަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމަށް ޗައިނާގެ ރައީސް ވިދާޅުވި ކަމަށެވެ. އެ އެކުވެރިކަން ބިނާވެގެން ވަނީ އެއްގައުމު އަނެއްގައުމުގެ މައްޗަށް އޮންނަ އިތުބާރެއްގެ މައްޗަށް ކަމަށް ވެސް ޒީ ޖިންފިންްގް ވިދާޅުވެފައިވެއެވެ.

ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހި ކުރުމަށް ވަރަށް ބޮޑު އިސްކަމެށް ދޭނެ ކަމަށާއި އިތުރު ކުރިއެރުން ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ރާއްޖެ އާއި އެކު މަސައްކަތް ކުރަން މިހުރީ ތައްޔާރަށް،"
ޗައިނާގެ ރައީސް ޒީ ޖިންފިންގް

ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގައި ވެސް ޗައިނާއިން ވަނީ ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދީފައެވެ.