ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިންއާއި، އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

މުއިއްޒުގެ ގެކޮޅު، މާފަންނު ދިމްޔާތުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ ރަނިންމޭޓް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފްވެސް ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުކުރެއްވުމުގައި، ޗައިނާގެ ސަފީރު ވަނީ، ސެޕްޓެމްބަރުމަހު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ހޯއްދެވި ބޮޑު ކާމިޔާބީއަށްޓަކައި އެގައުމުގެ ސަރުކާރާ، ރައްޔިތުންނާ، އެކަމަނާގެ އަމިއްލަ ނަންފުޅުގައި އިންތިހަބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް މަރުހަބާ ދަންނަވައިފައެވެ. އަދި ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

އިންތިހާބީ ރައީސް އެންމެ ފުރަތަމަ ބައްދަލުކުރެއްވި ބޭރުގެ ޑިޕްލޮމޭޓަކީ އިނގިރޭސިވިލާތުގެ ސަފީރެވެ.

ޑރ.މުއިއްޒު ވަނީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތަކީ އެއްވެސް ގައުމެއް ތަފާތުނުކުރާނެ ސިޔާސަތެއްކަަމަށެވެ.

މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ވަކި ޤައުމަކަށް އެކަނި ބަރޯސާ ވާނެ ކަމެއް ނޫންކަމަށެވެ. ކިތަންމެ ކުޑަ ޤައުމެއް ވިޔަސް، އަދި ކިތަންމެ ބޮޑު ގައުމެއް ވިޔަސް ގާތްކަން ފަމަހައްޓާނެ ކަމަށާއި، އަދި ގާތް އެކުވެރި ގައުމުތަކާއި އަރަބި އިސްލާމީ ޤައުމުތަކާއި އޮތްނަން ގުޅުން އިތުރަށް ހަރުދަނާ ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.