ހައި ކޯޓާއި ސިވިލް ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ހުޅުވާލައިފި އެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ ގއ. މާމެނދޫ، އަހްމަދު ނިމާލް (36 އ) ކުއްލި ގޮތަކަށް އަވަހާރަ ވުމާއި ގުޅިގެން ސވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ނިމާލް ގެ އަވަހާރަ ވުމުގެ ސަބަބުން ކޯޓާޢި ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ގާޒީ ފަރުހާދު ރަޝީދެވެ.

ސިވިލް ކޯޓުގެ އިސް ގާޒީއަކަށް ވުމަށާއި ސިވިލް ކޯޓުގެ ގާޒީ ކަމަށާއި ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލީ މިއަދުގެ ވަގުތެއްގައެވެ. މިފުރުސަތު ހުޅޫވާލެވިފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. .

ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް މި މަގާމުތަކަށް ހުށަހެޅޭނެ އެވެ.